އެކައުންޓް ޑިއެކްޓިވޭޓްކުރިއަސް، އަހަރެމެންގެ ހިތްތަކުން އެމުޖުރިމުންނެއް ޑިއެކްޓިވޭޓެއް ނުވާނެ: ޢަލީ ރަމީޒް

އެކައުންޓް ޑިއެކްޓިވޭޓްކުރިއަސް، އަހަރެމެންގެ ހިތްތަކުން އެމުޖުރިމުންނެއް ޑިއެކްޓިވޭޓެއް ނުވާނެ: ޢަލީ ރަމީޒް

Author
މުޙައްމަދު ޖިމީ
25 ޖޫން 2022 01:41
0

މާތް ނަބިއްޔާ މުޙައްމަދު ޞޢވ އަށް ފުރައްސާރަކުރުމަށްފަހު އެކަމުން ރެކިގަތުމަށް ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓްކުރިނަމަވެސް، ހިތްތަލކުން އެ މުޖުރިމުން ދުވަހަކުވެސް ޑިއެކްޓިވޭޓް ނުކުރާނެކަމަށް ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ދީނީ ކަންކަމަށް މުޖުތަމަޢު ހޭލުންތެރިކުރުމުގައި އިސްކޮށް އުޅުއްވާ ޢަލީ ރަމީޒް މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލައާއި ގުޅިގެން ޢާންމުންގެ ފާޑުކިޔުން އަމާޒުވުމުން ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓްކުރުމުންނެވެ.

ފުލުހުން އަންނަނީ ނާޒިމްގެ އެއްޖިންސުން ގުޅުންހިންގި މައްސަލައިގެ އިތުރުން ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްވެސް ތަހްގީގްކުރަމުންނެވެ. ސޯޝަލް މީޑިއާގައި މިއަދު ވަނީ ނާޒިމާއި ބިދޭސީ ފިރިހެނަކު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށްލައިފައެވެ. މިއާއެކު އެތައް ބަޔަކު އޭނާ ހައްޔަރުކުރުމަށްވެސް ސޯޝަލް މީޑިއާގައި ގޮވަމުންދިޔަ ވަގުތުވެސް ނާޒިމް ގެންދެވީ އެކަންކަމަށްވެސް ރައްދު ދެއްވަމުންނެވެ. ނަމަވެސް ފަހުން އޭނާގެ އެކައުންޓް ވަނީ ޑިއެކްޓިވޭޓްކޮށްފައެވެ.

ފާޑުކިޔާ ފަރާތްތަކުން ވަނީ ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުންނަށް ރާއްޖޭގައި މިނިވަންކަމާއެކު އުޅުމުގެ މާހައުލެއް އޮތްކަމަށެވެ. އެމީހުން ބަންދުކޮށް ތަހްގީގް ނުހިންގާކަމަށާއި، ނަމަވެސް އެނޫން ކުދި ކަންކަމުގައި ދީނީ އިލްމުވެރިންނާއި ޢާންމުން ހައްޔަރުކޮށް ބޮޑެތި ތަހްގީގްތައް ހިންގާ ފޮޓޯ އާންމުކުރާކަމަށް އެފަރާތްތަކުން ބުނެއެވެ.

މިހާރު ދައުރުވާ ފޮޓޯއާއި ވީޑިއޯތަކާއި ގުޅިގެން ސަރުކާރަށާއި ފުލުހުންނަށްވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.