އަންނަ އަހަރު ބަޖެޓުގައި ލަފާކޮށްފައިވާ ޢަދަދަށް ފަތުރުވެރިން އަންނާނެކަމަށް ނުބެލެވޭ: ގަވަރުނަރު

އަންނަ އަހަރު ބަޖެޓުގައި ލަފާކޮށްފައިވާ ޢަދަދަށް ފަތުރުވެރިން އަންނާނެކަމަށް ނުބެލެވޭ: ގަވަރުނަރު

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2020 12:27
0

އަންނަ އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެކަމަށް ބަޖެޓުގައި ލަފާކުރާމިންވަރަށް ފަތުރުވެރިން އަންނާނެކަމަށް ނުބެލެވޭކަމަށް އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ބެޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެކަމަށް ހިމަނާފައިވާ ބޮޑުބައެއް، ސީދާ ގޮތުންނާއި ނުސީދާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމާ ގުޅިފައިވާކަމަށެވެ. މިގޮތުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރްތަކުރާ ޤައުމުތަކުގަ ކޯވިޑް-19 ބަލިމަޑުކަމުގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރު އޮތްކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެނގޭ ބަޖެޓް ރާވާފައިވާއިރު މީޑިއަމް ޓާރމް ސިނާރިއޯއެއްކަމަށް އޮތީ. އެއީ ފަތުރުވެރިކަމުގެ ސިނާއަތް ބެސްޓް ކޭސް ސިނާރިއޯއަކަށް ނުދާނެކަމަށް އެއޮތީ ލަފާކޮށްފަ. އެހެންނަމަވެސް މީޑިއަމް ކޭސް ސިނާރިއޯވެސް ހާސިލް ނުވެދާނެކަމަށް ބައެއް ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުން އެކަން ދިމާވެދާނެކަމށް އަލުގަނޑުމެންނަށް ލަފާކުރެވޭ.

-އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް

ގަވަރުނަރު ވިދާޅުވީ، އެގޮތަށް ލަފާކުރެވުނުނަމަވެސް އެމެރިކާގެ ފައިޒާ ކުންފުންނާއި ރަޝިއާއިން އުފައްދާ ވެކްސިންތައް ކާމިޔާބު ވާނެކަމަށް އެކުންފުނިތަކުން ހާމަކޮށްފައިވުމުން ފަތުރުވެރިކަމަށް އެކަމުގެ ސަބަބުން ކޮންމެވެސްވަރެއްގެ އުއްމީދެއް އެބައޮތްކަމަށެވެ. ނަމަވެސް ވެކްސިން ނަގާ މީހުންގެ ނިސްބަތް ދަށްވެއްޖެނަމަ އަނެއްކާވެސް އޭގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރާނެކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

އަންނަ އަހަރު ރާއްޖެއަށް އަންނާނެކަމަށް ބަޖެޓް ތައްޔާރުކުރިއިރު ލަފާކޮށްފައިވަނީ ރާއްޖޭގެ ސެޕްޓެމްބަރުމަހާއި ހަމައަށް ފަތުރުވެރިން އައިސްފައިވާ ނިސްބަތަށްކަމަށް ރިޔާއަތްކޮށްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އަންނަ އަަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކޮށްފައިވަނީ 6 ލައްކަ ހަތަރުހާސް ފަތުރުވެރިންނެވެ. އަދި އެންމެ ގިނަވެގެންވެސް އަންނާނެކަމަށް ލަފާކޮށްފައިވާނީ 7 ލައްކަ ފަތުރުވެރިންކަމަސްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.