އެސްޑީއެފްސީއިން ދޫކުރަމު ތަކަށް އޮންލައިން ޕޯޓަލްމެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެސްޑީއެފްސީއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން، ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނަމުންދިޔަ ލޯނު އެޕްލިކޭޝަންތައް، 08 ނޮވެމްބަރު 2020 އިން ފެށިގެން އެ ކޯޕަރޭޝަންގެ އޮންލައިން ޕޯރޓަލްމެދުވެރިކޮށް ހުށަހަޅާގޮތައް ވަނީ ބަދަލުކޮށްފައެވެ.
އަދި މިތާރީޚުން ފެށިގެން ކައުންޓަރުން އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލޯން އެޕްލިކޭޝަންތައް ބަލައިގަތުން ވަނީ ހުއްޓާލައި ކޯޕަރޭޝަނުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމައްޓަކައި އީފާސް އެކައުންޓެއް ބޭނުވާނެކަމަށް އެސްޑީއެފްސީން ބުނެއެވެ.
އީފާސްއަކީ ސަރުކާރު މުއައްސަސާތަކުން އޮންލައިންކޮށް ޚިދުމަތް ހޯދުމަށް ބޭނުންކުރާ އެކައުންޓެކެވެ. އީފާސް އެކައުންޓް ހުޅުވޭނީ އައިޑީކާޑުގެ ތަފްސީލު، މޯބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް ބޭނުންކުރައްވައިގެންނެވެ. އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ކުރިއަށްދާގޮތުގެ ސްޓޭޓަސް ޗެކުކުރެއްވޭނެކަަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.
މިގެނެވުނު ބަދަލާއިއެކު، މިކޯޕަރޭޝަނުން ދޫކުރަމުންދާ ލޯނުތަކަށް އެދިހުށަހެޅުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މަޢުލޫ ކޯޕަރޭޝަންގެ ވެބްސައިޓު https://sllc.mv/Download/All_products_FAQ.pdf މެދުވެރިކޮށް 08 ނޮވެމްބަރު 2020 އިން ފެށިގެން ލިބެން ހުންނާނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ