ކޯވިޑް ވެކްސިންގެ 4ވަނަ ޑޯޒް ޖަހަން ފަށައިފި

ކޯވިޑް ވެކްސިންގެ 4ވަނަ ޑޯޒް ޖަހަން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުން ހަތަރުވަނަ ޑޯޒެއް ޖަހަން ފަށައިފިއެވެ. އެޗްޕީއޭއިން ނެރުނު އިޢުލާންގައި ވިދާޅުވީ ކޮވިޑް ވެކްސިން ތިންވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކަށް ހަތަރުވަނަ ވަނަ ޑޯޒް ޖަހަން ނިންމާފައިވާ ކަމަށެވެ.

މިޑޯޒް ޖަހާނީ މީގެ ތެރެއިން ކޮވިޑް ގެ ފުރަތަމަ ބޫސްޓާ ނުވަތަ ތިން ވަނަ ޑޯޒް ޖެހިފަހުން ހަތަރު މަސް ދުވަސް ވެފައިވާ މީހުންނެވެ.

މިވަގުތު ކޮވިޑް-19 ވެކްސިންގެ 4 ވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތައް

– 65 އަހަރުންމަތީގެ މީހުން.
– 18 އަހަރާއި 64 އަހަރާއި ދެމެދުގެ ފަރާތްތަކުގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުން.
މީގެ ތެރޭގައި ހިމެނެނީ:

– ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން.
– އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން.
– ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން.
– ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން.
– ކެންސަރު ބަލީގެ ފަރުވާލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށްނިމި އަހަރެއް ނުވާ މީހުން

އިތުރުން ބަލިޖެހުމުގެ ސަބަބުން ނުރައްކާ ބޮޑުވެދާނެ ފަރާތްތައް:

– އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
– ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުން ދާމީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުން.
– ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުން.
– ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން.
– ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް.
– އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް

އެޗްޕީއޭން ވަނީ 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ދޭން ފެށުމަށް ވެސް ނިންމާފަ އެވެ. އެއީ17-12އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ހަމަ ވެފައިވާ ކުދިންނެވެ.

އެޗްޕީއޭއިން ބުނީ، 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރެވި ހުރިފަރާތްތަކަށްވެސް ވެކްސިން ސެންޓަރ ތަކުން ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *