މެރެލީން މޮންރޯގެ ހެދުން ކިމް އަތުން ހަލާކެއް ނުވޭ

މެރެލީން މޮންރޯގެ ހެދުން ކިމް އަތުން ހަލާކެއް ނުވޭ

މެޓް ގާލާ އިވެންޓުގައި މަޝްހޫރު ސެލިބްރިޓީ ކިމް ކާޑޭޝަން ލާފައި ހުރީ 1962 ވަނަ އަހަރު ހޮލީވުޑް ތަރި މެރެލީން މޮންރޯގެ އައިކޮނިކް ހެދުމެވެ. މިހެދުން އޭނާގެ އަތުން ހަލާކުވެފައިވާކަމަށް ފަތުރަމުންދާ ޚަބަރަކީ ދޮގު ހަބަރެއް ކަމަށް އެ ހެދުން އެންމެ ފަހުން ގަނެފައިވާ ޑިޕާޓްމަންޓު ސްޓޯ ރިޕްލޭސް އިން ވަނީ ބުނެފައެވެ.

އެހެދުން ހަލާކުވެފައިވާ ކަމަށް ބުނެ ފަތިތައް ވަރަށް ބޮޑަށް ދުރުވެފައިހުރި ހެދުމެއްގެ ފޮޓޯތަށް ވެސް އޭރުގައި ދައުރުވިއެވެ. އަދި ކިމް ވަނީ އެހެދުން ހެޔޮވަރު ނުވުމުން 3 ހަފްތާގެ ތެރޭގައި 7 ކިލޯވެސް ލުއިކޮށްލާފައެވެ.

މެޓްގާލާގެ ރެޑް ކާޕެޓްގައި ދިން އިންޓަވިއުއެއްގައި ކިމް ވަނީ އޭނާއަށް ހެދުން ހެޔޮވަރު ނުވެގެން ހިކެން ޖެހުނުކަށް ހާމަކޮށްފައެވެ. އަދި ހެދުން ހެޔޮވަރު ކުރުމަށް އޭނާ އުޅުނު ގޮތުގެ ވީޑީއޯއެއްވެސް ހަމަ އެދުވަސް ކޮޅުގައި ދައުރުވިއެވެ.

އެމެރިކާގެ ތާރީހުގައި ވެސް އެންމެ މަޝްހޫރު އެކްޓްރެސް މެރްލިން މަންރޯއޭގެ އައިކޮނިކް ހެދުމުގައި ކިމް މެޓްގާލާއަށް ދިޔަ އިރު އެ ހެދުމަކީ މަންރޯއޭގެ ކަލެކްޝަންގެ ތެރެއިން މިހާރު ރައްކާކުރެވި ގައުމީ ހަޒާނާގެ ގޮތުގައި ހިމެނޭ އެއްޗެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *