މޮރޮކޯގެ ރަސްގެފާނު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

މޮރޮކޯގެ ރަސްގެފާނު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ހުސެއިން
19 ޖޫން 2022 05:43
0

މޮރޮކޯގެ ރަސްގެފާނު ކިންގ މުހައްމަދު VI ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެހެންނަމަވެސް ރަސްގެފާނުގެ ކިބައިން ކޯވިޑްގެ އަލާމާތްތަކެއް ފެންނާ ނެތްކަމުގައި ރަސްގެފާނުގެ ޑޮކްޓަރު ވިދާޅުވެއްޖެއެވެ.

މޮރޮކޯގެ ދައުލަތުގެ ޓީވީން އާންމު ކޮށްފައިވާ، ރަސްގެފާނުގެ ޑޮކްޓަރު ލޫސެން ބެލްޔަބާނީގެ ބަޔާނުގައި ވާގޮތުން ރަސްގެފާނު ކުރިޔަށް އޮތް ދުވަސްތަކުގައި ހުންނަވާނީ ޗުއްޓީގައެވެ.

މޮރޮކޯގެ ރަސްމީ MAP ނިއުސް އޭޖެންސީން އާންމު ކޮށްފައިވާ ބަޔާނުގައި ވާގޮތުން ޕްރޮފެސަރު ޑޮކްޓަރު ލޫސެންވަނީ "ރަސްގެފާނު ދުވަސްކޮޅަކަށް އަރާމު ކުރެއްވުމަށް އިރުޝާދު ދެއްވާފަ"އި ކަމުގައެވެ.

މޮރކޯގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް އޮންނަނީ ރަސްގެފާނު މުހައްމަދު VI އަށެވެ. އަދި  ރަސްގެފާނު މުހައްމަދު VI އަކީ 1999 ވަނަ އަހަރަށްފަހު މޮރޮކޯގެ ވެރިކަން ކުރަމުންދާ ދަރިކޮޅުގެ އެންމެ އިސްފަރާތެވެ.

2018ވަނަ އަހަޜާއި އަދި 2020ވަނަ އަހަރުގެ ޖޫންމަހު ރަސްގެފާނުގެ ހިތުގެ އޮޕަރޭޝަނެއް ކުރެއްވިފަހުން، އުމުރުން 58 އަހަރުގެ ރަސްގެފާނުގެ ސިއްޙީ ހާލުކޮޅަށް މޮރޮކޯގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ޚާއްސަ ސަމާލުކަމެއް ވަނީ ހުއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.