ޑްރީމް ގާލް 2 ގައި އަޔުޝްމާނާއެކު ސާރާ

ޑްރީމް ގާލް 2 ގައި އަޔުޝްމާނާއެކު ސާރާ

ބޮލީވުޑްގެ ތަރި އަޔުޝްމާން ކުރާނާ 2019 ވަނަ އަހަރު ލީޑް ރޯލުން ފެނިގެންދިޔަ ކާމިޔާބު ފިލްމު "ޑްރީމް ގާލް"ގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމުގެ ދެވަނަބައިގާ އަޔުޝްމާނާއެކު ފެނިގެންދާނީ ސާރާ އަލީ ޚާންއެވެ.

ޑްރީމް ގާލްގެ ފުރަތަމަ ބައިން ފެނިގެންދިޔައީ އަޔުޝްމާނާއި ނުޝްރަތު ބަރުޗާއެވެ. ބޮކްސްއޮފީހުގައި ބޮޑުކާމިޔާބެއް ހޯދި އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ ވާހަކަ ދެކެވޭ މި ދަނޑިވަޅުގައި ފިލްމުގެ އަންހެން ލީޑަށް ސާރާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރުން އެކުލަވާލާފައިވާ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސާރާގެ ނަމެވެ. ސާރާ އެ ރޯލަށް ވަރަށް ބޮޑަށް ފިޓްވާ ކަމަށް ޕްރޮޑިއުސަރުންނަށް ގަބޫލުކުރެވޭ ކަަމަށާއި ފިލްމާގުޅޭ މަޝްވަރާތައް ވެސް ސާރާއާ އެކު މިހާރު އަންނަނީ ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޑްރީމް ގާލް" އަކީ އެކިއެކި އަޑުތަކުން ވާހަކަދައްކާ ފިރިހެނެއް އަންހެނުންގެ ކޯލްސެންޓަރެއްގައި ފޯނުކޯލްތަކަށް ޖަވާބުދޭ ވަޒީފާއެއްގައި އުޅޭއިރު ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"ޑްރީމް ގާލް 2″ އަކީ އަންނަ އަހަރު ރިލީޒްކުރުމަށް މަސައްކަތްކުރާ ފިލްމެކެވެ.

ޒުވާން ތަރި، ސާރާ އެންމެ ފަހުން ފެނުނީ އަނަންދު އެލް ރާއީ ޑައިރެކްޓްކޮށް ނެރުނު "އަތްރަންގީ ރޭ" އިންނެވެ. އަދި އަޔުޝްމާން އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު މެއި މަހު ނެރުނު ފިލްމު "އަނޭކް" އިންނެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *