ފީނަން ދިޔަ ދުވާފަރު ޒުވާނަކު ނިޔާވެއްޖެ

ފީނަން ދިޔަ ދުވާފަރު ޒުވާނަކު ނިޔާވެއްޖެ

Author
އަހުމަދު
22 ސެޕްޓެމްބަރ 2026 11:01
0

ފީނަން ގޮސްއުޅުނު ރ. ދުވާފަރަށް ނިސްބަތްވާ ޒުވާނަކު ނިޔާވެއްޖެއެވެ.

ދުވާފަރު ކައުންސިލްގެ ރައީސް އަހްމަދު ޝާހު ވިދާޅުވީ، މި ހާދިސާއާ ބެހޭ މައުލޫމާތު ކައުންސިލަށް ލިބުނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ. އޭރު ޒުވާނާގެ ހަށިގަނޑު އުނގޫފާރަށް ގެންގޮސްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަށިގަނޑު ދުވާފަރަށް ގެނައުމަށް ހުއްދައަށް އެދި، ކައުންސިލަށް ގުޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ހާދިސާ ހިނގި ގޮތާ ބެހޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޔާވި ޒުވާނާގެ ވަނަވަރު އަދި ހާމައެއް ނުކުރެއެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ވެސް އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.