ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ހަތީބުން ލާނެ ހާއްސަ ހެދުމާއި ތާކިހަލުގެ ފުރަތަމަ ޑިޒައިން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ފޭސްބުކް މެދުވެރިކޮށް މިރޭ ހާމަކުރައްވައިފިއެވެ.
މި ޑިޒައިން ތައްޔާރުކޮށްފައިވަނީ މިސްކިތުގެ މުންނާރާއި ހުކުރު މިސްކިތުގެ ހިރިގަލުގައި ހުރި މަސައްކަތާއި، ދިވެހިންގެ ހުނަރު ދައްކުވައިދޭ ތުނޑުކުނަލުގެ ޑިޒައިންތަކުން ހިޔާލު ނަގައިގެންނެވެ.
ޝަހީމް ވިދާޅުވީ މިއީ ފުރަތަމަ މަރުހަލާގެ ޑިޒައިނެއް ކަމަށާއި، ހެދުން ފައިނަލް ކުރާނީ ގިނަ ބަޔަކު ދޭ ހިޔާލުތައް ބަލައިގެން ކަމަށެވެ. ރާއްޖޭގެ ތާރީހާއި ސަގާފަތުގެ އަސަރު ހެދުމުގައި ހިމެނުމަކީ މަގުސަދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ އަމާޒަކީ ދީނީ ސަގާފަތަށް ވަދެގެންދާ ބިދޭސީ އާދަކާދައިން ދުރުވެ، ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމެވެ. ހެދުން ތަންފީޒުކުރުމަށް އަމާޒުކޮށްފައިވަނީ އަންނަ ރޯދަ މަހުއެވެ.
ކޮމެންޓު ފޮނުވާ