އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭކަށް ނުޖެހޭ: އަލީ ހުސެއިން

އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭކަށް ނުޖެހޭ: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2022 03:17
0

ރާއްޖޭގައި މިހާރުގެ އިޤްތިސާދީ ހާލަތު އޮތް ގޮތުން އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭކަށް ނުޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ނޭގި އެއްޕާޓީން އަނެއް ޕާޓީއަށް މެމްބަރުން ވަގަށް ނަގާ މައްސަލަ ބޮޑުވެ، ދައުލަތުގެ ބަޖެޓުން މެމްބަރުންގެ އަދަދަށް ފައިސާ ދިނުން ހުއްޓުމަކަށް ގެނައުމަށް ކުރެވެމުންދާ މަޝްވަރާ ތަކާއި ގުޅިގެންނެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން އަންނަ އުސޫލު ބަދަލުކޮށް، އިންތިހާބުތަކުގައި އެ ޕާޓީއަކުން ކާމިޔާބީ ހޯދާ ނިސްބަތަކަށް، ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިންވަނީ ނިންމާފައެވެ.

މިނިންމުމަށްި ގުޅިގެން އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން ރާއްޖެއިން ދަނީ ދަރަނި މައްޗަށް ދަރަނި ނަގަމުން ކަމަށެވެ. މިހާލަތުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާދީގެން ޚަރަދު ކުރަންޖެހޭކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ދަރަނި މަތިން ދަރަނި ނަގައިގެން ދައުލަތް ހިންގާއިރު އެއްވެސް ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭކަށް ނުޖެހޭ.

– އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާ އެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ފިނޭންސްގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވަނީ 97 ޕަސެންޓަށް ކުޑަވެފައެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104 ޕަސެންޓުގައެވެ.

އަދި މިވަގުތު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 87 ބިލިއަން ރުފިޔާގައި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ނިމުނު އިރު އެ އަދަދު ހުރީ 10 ބިލިއަން ރުފިޔާ ދަށްކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދައުލަތުގެ މާލިއްޔާ ކޮންމެ ގޮތަކައްއޮތަސް،ނުޖެހޭ ކޮންމެހެން ދައުލަތުން ސިޔާސީ ޕާޓީތަކައް ހަރަދު ކުރާކަށެއް.ޕާޓީ ތައް އުފައްދައިގެން އުޅެނީ މަހުޖަނުން،ބޯކޮށް ލާރިލިބޭ ފަރާތްތައް،.ޕާޓީތަކަށް މީހުންވައްދައި ބޯގިނަކުރަމުން ގެންދަނީ ލާރިކާންވެގެން. އެބައިމީހުންގެ ޖީބުތައްފުރަންވެގެން.އެކަމުގެސަބަބުން ދިވެހި ދައުލަތް އިތުރައް ދަރަނިވެރިވެ އިތުރައް ގެއްލުންވުން ނޫން އެހެންކަމެއްނުވާނެ.