ޤައުމު ބަގުރޫޓްކޮށް އެކަމުގައި ޝާމިލްވާ މީހުން ޤައުމު ދޫކޮށް ފިލައިގެން ދިއުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށް މިސަރުކާރުގެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ. މަލީހު މިހެން ވިދާޅުވީ، ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. މިއަހަރު ނެގި ބޮޑެތި ދަރަނިތަކާއިއެކު ރާއްޖޭގެ ދަރަނި 100 ބިލިއަނާ ގާތަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެކަމަށް އިޝާރަތްކުރައްވާ މަލީހު ވިދާޅުވީ، ޤައުމު ދަރަނިވެރިކޮށް ބަގުރޫޓްކޮށް އެކަމުގައި ޝާމިލްވާ އެމްޑީޕި މީހުން ޤައުމު ދޫކޮށް ފިލައިގެން ދިއުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށެވެ. އަދި މިހާރުން ފެށިގެން ޕާސްޕޯޓް ހިފަހައްޓަން ޖެހޭކަމަށްވެސް މަލީހު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީ އާންމުކޮށްފައިވާ ދައުލަތުގެ ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވެފައިވަނީ މިއަހަރުގެ ފުރަތަމަ ތިންމަހުގައި ނެގި ބޮޑެތި ދަރަނި ތަކާއިއެކުގައެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު 4.8 ބިލިޔަން ރުފިޔާގެ ލޯނު ނަގާފައެވެ. މިއީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވިމެކެވެ.
ފިނޭންސުން އާންމުކޮށްފައިވާ ހިސާބުތަކުން ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން ބޭރުގެ ދަރަނި ހުރީ 33 ބިލިއަން ރުފިޔާގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ 52 ބިލިއަން ރުފިޔާގައެވެ.
ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލެމުންދާއިރު ދުނިޔޭގެ މަސްރަހަށް މިހާރު އަންނަމުންދާ އިޤްތިޞާދީ ލޮޅުންތަކާއިއެކު އަންނަ 2023 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު އެބަ އޮތް އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ، ޖޭޕީމޯގަން އިން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން %122 އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ.
3 Responses
އިތުބާރު ނެތިގެން މާްޤާމުން ވަކިކުރީމާ ހަސަފަ ގަނޑު ފުވާލަނީ ތޯ. ބޭފުޅާ އަކީ ކާކުކަން ރައްތިތުން ނަށް އެނގޭ.
މިގައުމުން ފިލައިގެން ދާނެނަމަ މިގައުމުގައި ފަސްއަހަރު ވެރިކަން ކޮއް ގައުމުގެ ހަޒާނާލޫޓުވާ އެތަށް ޖަރީމާއެއް ހިންގި މީހާ ވެސް އެހެރީ މިގައުމުގައި ފިލާކަށް ނުއުޅޭ މަރުކޮސް ނުގޮވާހުރެވޭ ތޯބަލަ
ގައުމު ބަނގުރޫޓުކުރި ބައިގަނޑު މިހާރު އެތެޅިބާލަނީ ނޭވާހޮޅިއަށް އެޅިގެން ހަމަނޭވާ ނުލެވިގެން މިހާރު އެ ފެންނަނީ ބޮތްކެއް ނުޖަހާ އަޑިއަށް ދާތަން، ހަދާނެ ނަހަދާނެއެއްނޭނގި ތެޅިފޮޅެނީ އެ މިހާރު ފެންނަނީ ހިކިފަސްތާގަ ބަކަ ތަޅާތަން، ވައްކަން ކުރާމީހުން ދުވަސް ކޮޅަކުން ފަޅާއަރާނެ،
މިހާރު ފެންނަނީ ފަހުންފުރާ ބޮޑުރިޔާ ނަގައިގެން އުޅޭތަން ބޮޑުރިޔަލަށް ވައިފަށް ނުވެގެން އެންމެ ފަހުނ ފެނަނާނީ އޮޑިގަނޑު ޢަރަގުވާތަން.