އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަން ނިންމައިފިއެވެ.
ވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ ދިވެހި ކަރުދާސް 1 ޕްރިންޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އެ ކަރުދާސް އަލުން ޕްރިންޓްކޮށް ކަނޑައެޅިފައިވާ ތާރީޚުގައި އިމްތިހާނު ދިނުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.
ޑީޕީއީ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓު ކުރިނަމަވެސް އިމްތިހާން ހަދާ ހުރިހާ ސެންޓަރެއްގައިވެސް ޝެޑިއުލްއާ އެއްގޮތަށް އިމްތިހާން ކުރިއަށް ދާނެކަމަށެވެ. އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1ގެ އިމްތިހާން އޮތީ މާދަމާއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އޮތް އެސްއެސްސީ އިމްތިހާނުގައި، އިސްލާމް ކަރުދާސް ދިންއިރު ދިވެހި ޕޭޕަރުގެ ބައެއް އޭގެ ތެރޭގައި ވަނީ ޕްރިންޓުވެފައެވެ.
މިއަހަރުގެ އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ކަރުދާސް 1 ޕްރިންޓްކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން މި ކަރުދާސް އަލުން ޕްރިންޓްކޮށް ކަނޑައެޅިފައިވާ ތާރިޚްގައި އިމްތިހާނު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދާވާހަކަ ދެންނެވީމެވެ.
— Department of Public Examinations (@dpemv) June 4, 2022
5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާން ފެށި މިިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ. އޯލެވެލް އިމްތިހާނު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް އިމްތިޙާނު ކުރިއަށްދެއެވެ. މިއަހަރުގެ ޖުމްލަ 5939 ދަރިވަރުން އިމްތިޙާނު ހަދާނެއެވެ.
ކޮމެންޓު ފޮނުވާ