24 ފެބްރުއަރީގެ ފަހުން، ބައިނަލްއަގުވާމީ 1000 ކުންފުންޏެއް ރަޝިއާ ދޫކޮށް ހިގައްޖެ: ރިޕޯޓު

24 ފެބްރުއަރީގެ ފަހުން، ބައިނަލްއަގުވާމީ 1000 ކުންފުންޏެއް ރަޝިއާ ދޫކޮށް ހިގައްޖެ: ރިޕޯޓު

Author
ހުސެއިން
31 މެއި 2022 07:27
0

ފާއިތުވި ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާދޭން ފެށިފަހުން، އެގައުމު ދޫކޮށް، މަސައްކަތް ސަސްޕެންޑްކޮށް ނުވަތަ ވިޔަފާރި ދަށްކޮށްފައިވާކަމަށް ކީވް ސްކޫލް އޮފް އިކޮނޮމިކްސް ތައްޔާރު ކުރި ރިޕޯޓެއްގައި ބުނެފިއެވެ.

މި ހަފްތާގެ އާދީއްތަ ދުވަހާއި ހަމައަށް ރަޝިއާ، އެކީ ދޫކޮށްލާފައިވާ ކުންފުނިތަކުގެ ވިޔަފާރީގެ ޖުމްލަ 32.5 ބިލިއަން ޑޮލަަރަށް އަރާއިރު، މި ކުންފުނިތަކުގެ ކެޕިޓަލް 19.9 ބިލިއަން ޑޮލަރަށް އަރައެވެ.

މި ރިޕޯޓުގައި އާންމު ކޮށްފައިވާ ޑާޓާތަކަށް ބަލާއިރު ރަޝިއާގެ މާރކެޓްގެ 50.2 އިންސައްތަ ކުންފުނި އެގައުމު ދޫކޮށް ދިއުމަށް ނިންމާފައިވާކަން މިހާރުވަނީ އިއުލާން ކޮށްފައެވެ. އަދި 21.2 އިންސައްތަ ކުންފުނިތަކުން ވަނީ އެމީހުން ރަޝިއާގައި ކުރަމުން އައި ވިޔަފާރި ހަނިކޮށް، މި ވިޔަވާރި އެހެން އިންވެސްމަންޓްތަކަށް ބަދަލު ކޮށްފައެވެ.

މި ރިޕޯޓުގައި ބަޔާން ކޮށްފައި ވާގޮތުން، ރަޝިއާގައި ކުރިއެކޭވެސް އެއްގޮތަށް ވިޔަފާރި ކުރަމުންދަނީ އެންމެ 28 އިންސައްތަ ކުންފުނިތަކުންނެވެ.

މިރިޕޯޓުގައި ހާމާ ކޮށްފައިވާ މައުލޫމާތަކީ ޔުނިވަރސިޓީ އޮފް ޔޭލްސް ސްކޫލް އޮފް މެނޭޖްމަންޓްއިންވެސް ހާމަކޮށްފައިވާ މައުލޫމާތުތަކާއި އެއްގޮތް މައުލޫމާތުތަކެކެވެ. މި ޔުނިވަރސިޓީން ހާމަ ކޮށްފައިވާ ގޮތުގައި، ރަޝިއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން، ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ 1،000 ކުންފުންޏަކުންވަނީ ރަޝިއާގައި ކުރަމުންދާ ވިޔަފާރިތައް މަދުކުރުމަށް ނިންމާފައިވާކަން ހާމަ ކޮށްފައެވެ.

ކީވް ސްކޫލް އޮފް އިކޮނޮމިކްސްއިން އާންމު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކުންފުނިތައް ރަޝިއާ ދޫކޮށް ދިއުމަށް އޮތް ޕްރެޝަރާއެކުވެސް، ދަނޑުވެރިކަމަށް ޚާއްސަ ކުންފުނިތައް އެގައުމު ދޫކޮށް ގޮސްފައެއް ނުވެއެވެ. މި ކުންފުނިތައް ރަޝިއާ ދޫކޮށް ގޮސްފައިވާނުވާ ސަބަބެއް ކަމުގައި ހާމަކޮށްފައިވަނީ އިންސާނީ ސަބަބުތަކާ ހެދިކަމަށް އެ ކުންފުނިތަކުން ބުނެފައިވާކަމަށްވެސް ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

ހުޅަނގާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާތަނަށް ދަނޑުވެރިކަމުގެ ސިނާއަތަށް އަމާޒު ކޮށްފައެއް ނުވެއެވެ. މި ސިނާއަތަށް މި ފިޔަވަޅުތައް އަމާޒު ކޮށްފައި ނުވަނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް އޭގެ އަސަރު ކުރާނޭކަމަށް ވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.