ވެނަޒުވޭލާ އަތުން މޮޅުވެ ބްރެޒިލް އެއްވަނައަށް

ވެނަޒުވޭލާ އަތުން މޮޅުވެ ބްރެޒިލް އެއްވަނައަށް

ގުޅުންހުރި

ވޯލްޑްކަޕް ކޮލިފައިން ދެކުނު އެމެރިކާ ސަރަހައްދުގައި ބްރެޒިލް އާއި ވެނެޒުއޭލާ ވާދަކުރި މެޗު ބްރެޒިލް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް އަލުން އަރައިފި އެވެ.

ބްރެޒިލްގެ ސައު ޕޯލޯގައި ކުޅުނު މި މެޗު ކާމިޔާބުކުރީ 0-1 އިންނެވެ.

މެޗުގައި ބްރެޒިލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ބްރެޒިލްގެ އެންމެ މަޝްހޫރު ފޯވާޑް ނޭމާ ކުޅެފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ބްރެޒިލް ތާވަލުގެ އެއްވަނައަށް އެރިއިރު އެ ޓީމު ވަނީ މިފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ބްރެޒިލްގެ ފަހަތުން ތާވަލުގެ ދެވަނައިގައި ހަތް ޕޮއިންޓާއެކު އާޖެންޓީނާ އޮތްއިރު ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެކުއެޑޯ އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ދެން ބްރެޒިލް ވާދަކުރާނީ ރަށުން ބޭރުގައި އުރުގުއޭ އާ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *