މުލި، ބިލަތްފަހި އެއާޕޯޓަކީ ރައީސް ޔާމީންގެ ތަސައްވަރެއް، ބިން ހިއްކައި، ޕްލައިންވަނީ އެކުލަވާލާފަ: މުއިއްޒު

މުލި، ބިލަތްފަހި އެއާޕޯޓަކީ ރައީސް ޔާމީންގެ ތަސައްވަރެއް، ބިން ހިއްކައި، ޕްލައިންވަނީ އެކުލަވާލާފަ: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2020 09:37
0

އަންނަ އަހަރު ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މ.މުލީގައާއި، ށ.ބިލަތްފަހީގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ދެ އެއާޕޯޓަކީ ރައީސް ޔާމީން ކުރިއަށް ގެންދަން ނިންމައި، އެމަނިކުފާނު އިއުލާންކޮށްފައިވާ ދެ އެއާޕޯޓްކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އަަހަރު މ. މުލި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ނިންމާފައިވާ ކަމަށް މިސަރުކާރުން އިއުލާންކޮށް ރައްިޔިތުންނަށް ދެއްވާފައިވާ މެސެޖާއި ގުޅިގެން ޑރ.މުއިއްޒު ވިދާޅުވި ބިލަތްފަހީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކައި، އެމަޝްރޫޢުގެ މަސައްކަތް އެމަނިކުފާ ނިންމައި އެއާޕޯޓް އެޅުމަށް ތައްޔާރުކޮށްފައިވާކަމަށެވެ. މިމަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ އިތުރުން ޓޫވަރިޒަމް ތަރައްޤީ ކުރުމަށް މެގަ ޕްރޮޖެކްޓުގެ މާސްޓާ ޕްލައިނެއްވެސް އެމަނިކުފާނު ހައްދަވާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި މުލީގައި އަޅާ އެއާޕޯޓަކީވެސް ރައީސް ޔާމީން ތަރައްޤީ ކުރައްވާނެކަން އިއުލަންކޮށް އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައި އެއާޕޯޓްގެ މަަސައްކަތްވެސް ފެށުމަށް ތައްޔާރު ކުރެވިފައިވާ އެއާޕޯޓެއް ކަމަށެވެ.

މުލި، ބިލެތްފަހި އެއާޕޯޓް އެއީ ރައީސް ޔާމީން ކުރިއަށް ގެންދަން ނިންމަވާ އެމަނިކުފާނު އެމަނިކުފާނު އިއުލާނު ކުރައްވާފައިވާ އެއާޕޯޓްތަކެއް. މުލީގަ އެއާޕޯޓް އެޅުމަށް މުލި ބިން ހިއްކުމުގެ މަޝްރޫޢު ފައްޓަވައި، ނިންމެވި. ބިލަތްފަހި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓުވަރިޒަމް ހިމެނޭގޮތަށް މެގަ ޕްރޮޖެކްޓުގެ މާސްޓާ ޕްލައިނެއް ހެއްދެވި.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރަށް ދެ އަހަރު ފުރޭ މުބާސަބަތާއި ގުޅިގެން ދައުލަތުގެ މީޑިޔާ އަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ކޯވިޑް-19 އާއި ގުޅިގެން ކޮންމެވެސް ވަރެއްގެ މަޑު ޖެހުމެއް އައި ނަމަވެސް، އިޤްތިޞާދު ރަނގަޅުވެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކާއި އެެއްގޮތަށް ދަތުރު ފަތުރު ކުރުމުގައި ލުއިގޮތްތަކެއް އަތޮޅު ތެރޭގެ ރަށްރަކުގައި ދިރިއުޅޭ ރައްޔިތުންނަށް ތަނަވަސް ކޮށްދިނުމަށް އަންނަ އަހަރުވެސް އިތުރު ތިން އެއާޕޯޓެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.