ރާއްޖޭގެ ކަންކަން ހައްލުކުރެވޭނީ ޤާސިމް ވެރިކަމަށް ގެނެސްގެން: މުސްޠަފާ

ރާއްޖޭގެ ކަންކަން ހައްލުކުރެވޭނީ ޤާސިމް ވެރިކަމަށް ގެނެސްގެން: މުސްޠަފާ

Author
މުޙައްމަދު ޖިމީ
22 މެއި 2022 03:20
0

ރާއްޖޭގެ ކަންކަން ހަމައަކަށް އެޅުވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ފަދަ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ދީގެންކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

މުސްޠަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާސިމް އިބްރާހީމް ކަހަލަ ބޭފުޅެއް ޤައުމުގެ ވެރިކަމަށް އައިސްގެން މެނުވީ މި ޤައުމު ހަމަޔަކަށް އެޅުމަކީ މުސްތަހީލުކަމެއްކަމަށެވެ.

ﷲ އިރާދަފުޅު ކުރެއްވިއްޔާ 2023ގައި ރާއްޖޭގެ ވެރިކަމުގައި ހުންނާނީ އޮނަރަބަލް ޤާސިމް އިބްރާހީމް.

– މުޙައްމަދު މުސްޠަފާ ވިދާޅުވިއެވެ.

މުސްޠަފާ މިހެން ވިދާޅުވިނަމަވެސް، ރިޔާސީ އިންތިޚާބާމެދު އަދި ޖޭޕީން ގޮތެއް ނިންމާފައި ނުވާކަމަށް އެޕާޓީން ބުނެފައިވެއެވެ. އެގޮތުން 2023ގައި މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮތްގޮތަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާނީކަން ނުވަތަ ވަކިން ނުކުންނާނީކަންވެސް ޖޭޕީން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ޖޭޕީން ވަކިން ރިޔާސީ އިންތިޚާބަށް ނުކުނަން ވިސްނަމުން އަންނަކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ. އަދި ޕީޕީއެމްއާއި ކޯލިޝަން ހަދައި ޤާސިމަށް ރިޔާސީ ޓިކެޓް ދޭން އުޅޭކަމުގެ ވާހަކަތަކެއްވެސްފެތުރިފައިވެއެވެ. ނަމަވެސް މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައިވަނީ، 2023 ގެ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރާނެ ޤާބިލް ބޭފުޅުން ޕީޕީއެމް ޕީއެންސިގައި އެބަތިބިކަމަށެވެ. އެޖާގަ އެހެން ޕާޓީއެއްގެ މީހަކަށް ދޭންޖެހޭ އެއްވެސް ފުރުސުތެއް ނެތްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްގެ ލީޑަރޝިޕްގައި ހުރިހާ ދުވަހަކު ޤައުމަށް ޣައްދާރުވި އެއްވެސް މީހަކަށް ޕީޕީއެމްގެ ޓިކެޓް ދޭން ޖާގަ ނުދޭނެކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.