މޫނު ނިވާކޮށްގެން ވައްކަން ކުރި އިންޑިއާ މީހަކު ހަތް ދުވަހަށް ބަންދުކޮށްފި

މޫނު ނިވާކޮށްގެން ވައްކަން ކުރި އިންޑިއާ މީހަކު ހަތް ދުވަހަށް ބަންދުކޮށްފި

Author
އަހުމަދު
03 ނޮވެމްބަރ 2026 04:52
0

މޫނު ބުރުގާ އަޅައިގެން ވައްކަން ކުރިކަމުގެ ތުހުމަތުގައި، 41 އަހަރުގެ އިންޑިއާ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އިއްޔެ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ޖެހިއެވެ. ބަންދު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކުރީ މޫނު ނިވާކޮށްގެން ދަބަހެއް ހިފައިގެން އުޅެނިކޮށެވެ. ފުލުހުން އޭނާއާ ވާހަކަ ދައްކަން ދިއުމުން އޭނާ ފިލަން ދުވިއެވެ.

އޭނާއާ ދެކޮޅަށް ކުރެވޭ ތުހުމަތުގައި، ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓުގެ އަމުރުގައި ބުނެއެވެ. އަދި އޭނާއަކީ އިންޑިއާ ރައްޔިތަކަށް ވާތީ، ތުހުމަތުން ސަލާމަތްވުމަށް އިންޑިއާއަށް ފިލައިފާނެ ފުރުސަތު އޮތުމުން ބަންދުގައި ބަހައްޓަން ނިންމި ކަމަށްވެސް އަމުރުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.