ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އައިމަން ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އައިމަން ހައްޔަރުކޮށްފި

Author
އަހުމަދު
03 ނޮވެމްބަރ 2026 11:18
0

 

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލް (އާނު) ފުލުހުން ހައްޔަރުކޮށްފި އެވެ.

އައިމަން ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިރޭ އެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީއާއި މައްސަލައިގެ ބާވަތަށް ބަލައި، އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އައިމަން މާލޭ ސިޓީ ކައުންސިލަށް ހޮވިފައިވަނީ 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގަ އެވެ.

އައިމަން ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރިތާ އެއް ދުވަސް ފަހުންނެވެ. ޝާހިދު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.