ރޭޕްކުރުމާއި ދެކޮޅު ހެދުމުގެ ގޮތުން، ފިލްމް ފެސްޓިވަލެއްގައި އަންހެނަކު އަމިއްލައަށް ބަރަހަނާ ވެގެންފި

ރޭޕްކުރުމާއި ދެކޮޅު ހެދުމުގެ ގޮތުން، ފިލްމް ފެސްޓިވަލެއްގައި އަންހެނަކު އަމިއްލައަށް ބަރަހަނާ ވެގެންފި

Author
ހުސެއިން
21 މެއި 2022 05:37
0

ފްރާންސްގައި އޮތް، މަޝްހޫރު ކޭންސް ފިލްމް ފެސްޓިވަލްގެ ރަތް ކާރޕެޓްމަތީގައި، އަންހެނަކު، ރޭޕް ކުރުމާއި ދެކޮޅު ހެދުމުގެ ގޮތުން އަމިއްލައަށް ބަރަހަނާ ވެގެންފިއެވެ.

އަމިއްލައަށް ބަރަހަނާ ވުމަށްފަހު، ފިލްމް ފެސްޓިވަލްގެ ރަތް ކާރޕެޓް މަތީގައި ހުރެ އޭނާ ގޮވަމުން ދިޔައީ "އަހަރެމެން ރޭޕްކުރުން ހުއްޓާލާ" މިހެންނެވެ. އޭނާގެ މޭމަތީގައި ޔޫކުރެއިންގެ ދިދަ ކުރަހާފައި ހުރިއިރު، ލިޔެފައި އިނީވެސް "އަހަރެމެން ރޭޕްކުރުން ހުއްޓާލާ،" މިހެންނެވެ. އަދި އަންހެންމީހާ ހުރީ، ރަތްކުލަ ޖައްސާފައިހުރި ޖަނގިޔަލެއް ލައިގެންނެވެ.

މި ހަފްލާގައި ހިނގި މިހާދިސާގެ ސަބަބުން، ހަވީރީ ހެދުމުގައި ރަތް ކާޕެޓްގައި ހަފްލާއަށް މީހުން ހާޒިރުވަމުން ދިޔައިރު، ހަފްލާއަށް ކުޑަ ވަގުތުކޮޅެއްގެ ހުއްޓުމެއްވެސް އައިސްފައި ވެއެވެ. އެހެންނަމަވެސް، ހުސްގަޔާހުރި އަންހެންމީހާ، "އަހަރެމެން ރޭޕްކުރުން ހުއްޓާލާ" މި އިބާރާތް ހަރުއަޑުން ގޮވަމުން ދަނިކޮށް، ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ފަރާތްތަކުންވަނީ އޭނާގެ ގައިގައި ހެދުމެއް އޮޅާލުމަށްފަހު އޭނާ ހަފްލާ ހިގަމުންދިޔަ ސަރަހައްދުން ދުރަށް ޖައްސާފައެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ޔޫކުރެއިންގެ ރައީސް ވޮލޮޑޮމިރު ޒެލެންސްކީ ވިދާޅުވެފައިވަނީ، ރަޝިއާއިން ހަނގުރާމައިގެ ކުރީކޮޅު ހިފި ސަރަހައްދުތަކުގައި އެތައް ސަތޭކަ އަންހެނުން ރޭޕް ކޮށްފައިވާކަމުގެ ރިޕޯޓުތައް އިންވެސްޓިގޭޓަރުންނަށް ލިބިފައިވާ ކަމުގައެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ރިޕޯޓުތައް ހިމެނޭކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ކޭންސް ފިލްމެ ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައ، ކުރީގެ ފިލްމީ ތަރިއެއްކަމުގައިވާ، ޔޫކުރެއިންގެ މިހާރުގެ ރައީސް ޒެލެންސްކީވަނީ، އޭނާގެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި، ޚާއްސަ ވީޑިއޯއެއްވެސް ލޯންޗުކޮށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.