އިންޑިއާ އައުޓް ހަރަކާތް ރާވާ ހިންގާކަމުގެ ތުހުމަތުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ،" އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ. އެއީ މުހައްމަދު އިސްމާއީލްގެ އިތުރުން ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ)އެވެ.
އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާއިރު، އެ ހަރަކާތް ހުއްޓުވުމަށް ރައީސްގެ ރިޔާސީ ޤަރާރަކުން ވަނީ އިދާރާތަކަށް އަމުރުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ