ޔާމީނަށް އިންޒާރުދިން ގްރޫޕުން މަދުބަޔަކާއިއެކު، އަޑުއުފުލައިފި

ޔާމީނަށް އިންޒާރުދިން ގްރޫޕުން މަދުބަޔަކާއިއެކު، އަޑުއުފުލައިފި

Author
މުޙައްމަދު ޝަޒައިމް
03 މެއި 2022 07:19
0

ކުރީގެ ރައީސް ޔާމީނަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މީހާ ހިމެނޭ ގްރޫޕުން، ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި އެއްވެ އަޑު އުފުލައިފިއެވެ.

އެއްވި މަދު މީހުންތިބީ ހުދުކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އެއްވި މީހުން ބުނަމުންދިޔައީ ޔައީސް ޔާމީން ޖަލަށް ލާންޖެހޭކަމަށާއި، ރައީސް ޔާމީނަށް އިންޑިއާއާއި ދެކޮޅަށް އަޑު ނޫފުލޭނެކަމަށެވެ. އެއްވި މީހުންނާއި ދެކޮޅަށް އިދިކޮޅު ސަޕޯޓަރުންވެސް ވަނީ ގޮސް ދެއްކި ވާހަތަކަށް ރައްދު ދީފައެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި އެއްވި ގުރޫޕްގައި އިސްކޮށް ހުންނެވީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ މުހައްމަދު ހަލީމް (ހަލީމް ބާއީ) އެވެ. އެއްވުމުގައި ބައިވެރިވާ މީހުންގެ އަދަދު ގާތްގަނޑަކަށް އަރަނީ ވިއްސަށެވެ. އެއްވުމުގައި ކުރީގެ ނައިބް ރައީސް ނިސްބަތްވާ އެމްޓީޑީގެ އާންމު މެމްބަރުން ވެސް ދަނީ އެއްވުމުގައި ބައިވެރިވަމުންނެވެ.

މީގެކުރިން ޕީޕީއެމުން އެއްވުމެއް އެ ސަރަހައްދުގައި ބާއްވާތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުހުން ނުކުމެ އެއްވުން ރޫޅާލައި، އަމުރަށް ނުކިޔަމަންތެރިވާ މީހުން ހައްޔަރު ކުރެއެވެ. އެކަމަކު، އެ ސަރަހައްދުގައި މިވަގުތު ތިބީ އެންމެ ދެ ފުލުހުން ކަމަށްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.