ޓީޗަރުންގެ މުސާރަ ބޮޑުކޮށް، މުސާރައިގެ އޮނިގަނޑު ރައީސް މާދަމާ އިޢުލާންކުރައްވަނީ

ޓީޗަރުންގެ މުސާރަ ބޮޑުކޮށް، މުސާރައިގެ އޮނިގަނޑު ރައީސް މާދަމާ އިޢުލާންކުރައްވަނީ

Author
މުޙައްމަދު ޖިމީ
30 އޭޕްރިލް 2022 07:01
0

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުކުރައްވާ، މުސާރައިގެ އޮނިގަނޑު މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާންކުރައްވަން ނިންމަވައިފިއެވެ. އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އެކަމާއި ގުޅޭ މަޢުލޫމާތުތައް ޤައުމާއި މުޚާޠަބުކުރައްވާ ރައީސް ހާމަކުރައްވާނެކަމަށެވެ.

ރާއްޖޭގެ އެހެނިހެން ސިނާއަތްތަކާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ ފަރަޤުގެ ބޮޑުކަމުގެ ވާހަކައަކީ ޒަމާނުއްސުރެ އޮތް ބޮޑު ޝަކުވާއެކެވެ. ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރާ އެފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ލިބެންޖެހޭކަމަށް އެތައް ބަޔަކު ޤަބޫލުކުރިނަމަވެސް އެކަމުގައި ކުލަޖެހިގެން ގޮސްފައެއް ނުވެއެވެ. އެތައް ސަރުކާރުތަކެއް ބަދަލުވެގެން ދިޔައިރުވެސް އެކަމަށް ހައްލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ އެންމެ ދުވަސްވީ ޝަކުވާކވާއަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. މިއާއެކު އެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އުއްމީދެއް ލިބިގެންދިޔައެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ޤައުމު ބިނާކޮށްދެއްވުމުގެ އެންމެ ބުރަ މަސައްކަތްކުރައްވާ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވުމުގެ ވަޢުދު ފުއްދަވާއިރު، މުސާރަތައް 50 އިންސައްތައަށްވުރެ ބޮޑުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މުސާރަ ބޮޑުވާނީ ހަމައެކަނި ޓީޗަރުންގެ ނޫންކަމަށާއި ސްކޫލްތަކުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނާއި އިދާރީ މުވައްޒަފުންގެ މުސާރަވެސް ބޮޑުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މި ވަގުތު 9،119 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެގެ. އޭގެ ތެރޭގައި 6،498 ދާއިމީ ދިވެހި މުދައްރިސުންނާއި، 1،730 ބިދޭސީ މުވައްޒަފުންނާއި ވަގުތީ 891 މުދައްރިސުން ހިމެނެއެވެ.

ރައީސް ވިދާޅުވެފައިވާގޮތުގައި ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އިތުރުގަޑި ހިމަނައިފިނަމަ އެއަށްވުރެ ބޮޑުވެގެންދާނެއެވެ.

މިގޮތުން މި ބަދަލާއެކު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000އަށް ބޮޑުވެގެންދާނެއެވެ. އަދި 14،000 ލިބޭ މުވައްޒަފެއްގެ މުސާރަ 28،000އަށް އިތުރުވާނެއެވެ.

މި އަންނަ ބަދަލާއި ގުޅޭގޮތުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ރައީސްގެ އެ ނިންމެވުމުގެ ސަބަބުން ތަޢުލީމީ ދާއިރާގެ މުސްތަޤުބަލަށް އުންމީދެއް ލިބިގެންގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ތައުލީމީ ދާއިރާއާމެދު ލިބުނު އުންމީދަކީ ޤައުމު ބިނާކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ދެކޭކަމަށް ބައެއް މުދައްރިސުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I Ibbe
Musaaraves eba bodukirevey ekamaku 70.80aharuvefaithibi muskulhinge haaleh nubeley 20haas 80haasmusaaralibeymeehunah rodhaelavans haalugathibi muskulhinnah elavanseh nulibey hama akeekobaa