އެމްޑަބްލިއުއެސްސީ ކައިރީގައި އޮންނަ ޕާކިން ޒޯންގައި ރޭ ހަރަކާތްތެރިވީ ގޮތް ނޭނގޭ އެއްޗެއް ފެނިގެން ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށާއި ނަމަވެސް އެއީ ނުރައްކާތެރި އެއްޗެއް ނޫންކަން ކަށަވަރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމްޑަބްލިއުއެސްސީ ކައިރީގައި އޮންނަ ޕާކިން ޒޯނެއްގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ރޭ ފުލުހުން ހަރަކާތްތެރި ވެފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ނުރައްކާތެރިއެއްޗެއް ނޫންކަން ފުލުހުންނަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ރޭ ފުލުހުންނަށް ރިޕޯޓަކާއި ގުޅިގެން އެމްޑަބްލިއުއެސްސީ ކައިރީގައި އޮންނަ ޕާކިން ޒޯންގައި ފުލުހުން ހަރަކާތްތެރި ވެފައިވާއިރު ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއަމަލު ހުއްޓުވާ، މިހާތަނަށް 6 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ