އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި 14 އަހަރުގެ ކުއްޖަކު ނިޔާވި މައްސަލަ ތަހުގީގުކުރަން ފަށައިފި

އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި 14 އަހަރުގެ ކުއްޖަކު ނިޔާވި މައްސަލަ ތަހުގީގުކުރަން ފަށައިފި

Author
އަހުމަދު
27 ޖޫން 2026 04:45
0

އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި އުމުރުން 14 އަހަރުގެ ކުޑަކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ޖޫން 26 ވަނަ ދުވަހުގެ ހަވީރު 5:10 ހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެރަށު ބަނދަރު ސަރަހައްދުގައި ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި ދުއްވަން އުޅުމުގެ ތެރޭގައެވެ. ބަގީ މޫދަށް ވެއްޓެން ދިޔަ ވަގުތު، އެ ސަރަހައްދުގައި ތިބި އާންމުން ވަނީ ބަގީ ހިފަހައްޓައި ކުއްޖާ ސަލާމަތްކުރެވޭތޯ މަސައްކަތްކޮށްފައެވެ.

ނަމަވެސް ބަގީއާއެކު ކުއްޖާ މޫދަށް ވެއްޓުމުން، އެތާ ތިބި މީހުން ވަގުތުން ކުއްޖާ މޫދުން ނަގައިގެން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ފުލުހުންނާ ހަވާލާދީ މައުލޫމާތު ލިބޭގޮތުގައި، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެ ކުއްޖާ ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވި ކުއްޖާގެ ޖަނާޒާ ރޭ ދަންވަރު 12 ޖެހިއިރު ބާއްވާފައިވާއިރު، ފުލުހުން އަންނަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.