ޒަރިޔަންދުގެ ހިސާންއަށް: ވަކިމީހަކު ކުށެއް ނުކުރާނެކަމަށް ވިދާޅުވުމަކީ ޝަރުޢީ މައްސަލަތަކަށް ނުފޫޒްފޯރުވުންކަމަށް ބަލާފާނެ!

ޒަރިޔަންދުގެ ހިސާންއަށް: ވަކިމީހަކު ކުށެއް ނުކުރާނެކަމަށް ވިދާޅުވުމަކީ ޝަރުޢީ މައްސަލަތަކަށް ނުފޫޒްފޯރުވުންކަމަށް ބަލާފާނެ!

ވަކި މީހަކު ކުށެއް ނުކުރާނެކަމަށް ޖޭއެސްސީގެ ރައީސް ވިދާޅުވުމަކީ ޝަރުޢީ މައްސަލަތަކަށް ނުފޫޒް ފޯރުވުންކަމަށް ރައްޔިތުން ބަލައިގަނެފާނެކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޒަރިޔަންދު ތާއީދުކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށެވެ. ނަމަވެސް ޒަރިޔަންދުގެ ފާޑުކިޔުން އަމާޒުވި ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ހުސައިން ތާއީދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށެވެ.

ޒަރިޔަންދު ހިސާނަށް ފާޑުވިދާޅުވެފައިމިވަނީ، މިއިންތިޚާބުގެ ތެރޭގައި އޭނާގެ ފިރިކަލުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ބޮލުގައި އަޅުވަމުންދާ ވައްކަމާއި، ކޮރަޕްޝަންގެ ކަންކަމާއި ގުޅިގެން އޭނާގެ ދިފާއުގައި ޙިސާން ވާހަކަފުޅު ދެއްކެވުމުންނެވެ.

އެމްޑީޕީ ޗެއަރޕާސަން މިއިންތިޚާބުގައި މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މިނިސްޓަރ ފައްޔާޟަށް ތާއީދު ކުރާ މެމްބަރުންގެ ބޮލުގައި އިންތިއަށް ތާއީދު ކުރާ ކެމްޕެއިން ޓީމުން ދަނީ ބޮޑެތި ތުހުމަތު އަޅުވަމުންނެވެ.

ފިރިކަލުންގެ ދިފާއުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ އިންތިއަށް ތާއީދު ނުކުރާ ކޮންމެ މީހަކީ ވަގަކަށް ހެދުމަކީ އެމްޑީޕީއަށް އެކަމުންދާ ފައިދާ ކުރާނެ ކަމެއްނޫންކަމަށެވެ. ފިރިކަލުން ނާޒިލްއަކީ މިސަރުކާރުގެ އެއްވެސް މަޝްރޫޢެއް ނަގައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ނޫންކަމަށާއި، އަދި ސަރުކާރުން އިއުލާން ކުރާ ބިޑްތަކަށް ކުރިމަތިލައިގެން އެޕްރޮޖެކްޓްތައްވެސް ހޯދަން އުޅޭ މީހެއް ނޫންކަމަށް ހިސާން ވިދާޅުވިއެވެ.

އިންތިއަށް ތާއީދު ނުކުރާ އެންމެންނަށް ވަގު ތުހުމަތު އަޅުވާ ކޮރަޕްޓް ކަމަށް ކިޔުމަކީ އެމްޑީޕީއަށް އެންމެ ފައިދާ ހުރި ގޮތެއްނޫން. ނާޒިލް އަކީ މިސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް ނަގައިގެން އުޅޭ މީހެއް ނޫން އަދި ސަރުކާރުގެ އެއްވެސް އިއުލާނަކަށް ބިޑް ކުރާ މީހެއްވެސް ނޫން.

– ހިސާން ވިދާޅުވިއެވެ.

މިއިންތިޚާބުގައި މިސަރުކަރުން ހިންގާ މަސައްކަތްތަކުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟުގެ ނުފޫޒާއި، ބާރު އޮންނަކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ވަނީ ވިދާޅުވެފައެވެ. މިވާހަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެފައިވަނީ މިސަރުކާރުން ހިންގާ 5،000 މިލިޔަނެއްހާ ރުފިޔާގެ ޕްރޮޖެކްޓް ހިންގާ އެފްކޯން ކޮމްޕެނީގެ ލޯކަލް އެޖެންޓަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސްގެ އާއިލީ ކުންފުނިކަމަށެވެ. މަޖިލީހުގެ އެސްއީ ކޮމެޓީއައި ހަވާލުވެ އިންނަވައި، ކުންފުނިތަކުގެ ތެރެއަށާއި، ބޮޑެތި ޕްރޮޖެކްޓްތަކުގައި ނުފޫޒު އިންތިހާއަށް އޮތް ބޭފުޅަކު މިފަދަ ވާހަކަ ދައްކަވަމުން ލަދު ގަންނަންޖެހޭކަމަށް ހުސެއިން ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ވާދަވެރިކަން ބޮޑުވެ ދެން އެކީގައި މަސައްކަތް ނުކުރެވޭ ވަރަށް ދެފަރާތުން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަންވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

One Response

  1. އެމްޑީޕީ އެތެރޭގެ ކޯޅުންތަކާއި ހުރެ ހަލާކުވެގެން ދިޔުމަކީ މިޤައުމުގެ މުސްތަގުބަލަށް އެޅިފައި އޮތް އެންމެބޮޑު ހުރަސް ނެތި ދިޔުން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

Leave a Reply

Your email address will not be published. Required fields are marked *