ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކުރައްވާ ޓްވީޓްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވާ ޓްވީޓްތައް އެމްޑީޕީގެ ޓުވިޓާ އެކަންއުޓްތަކުން ރީޓިވީޓް ނުކުރާ މައްސަލާގައި އެމްޑީޕީ މެމްބަރުންގެ މެދުގައި ޚިޔާލްތަފާތުވުން އުފެދިއްޖެއެވެ.
ޖުމްހޫރީ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވީ ޓްވީޓުތަކާއި، އެނޫންވެސް އެކި މުނާސަބަތުތަކާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ޓްވީޓުތައް އެމްޑީޕީގެ ޓުވިޓާ އެކައުންޓުތަކުން ރީޓްވީޓް ނުކުރާ މައްސަލާގެ ވާހަކަ އެޕާޓީގެ އިސްބޭފުޅުން ހިމެނޭ ގްރޫޕެއްގައި ވަނީ ދައްކާފައެވެ. މިކަން އެގްރޫޕްގެ މެމްބަރުންގެ ސަމާލުކަމަށް ގެނައީ އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ލޫކަސް ޖަލީލެވެ.

ލޫކަސް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓުތައް އަވަހަށް ރީޓުވީޓް ކުރަންވާނެކަމަށެވެ. އަދި އެމްޑީޕީގެ ވަޒީރުން ތިއްބެވި ވުޒާރާތަކުން ކުރާ ޓްވީޓުތައްވެސް އަވަހަށް ރީޓުވީޓް ކުރަންވާނެކަމަށެވެ. އޭނާ ބުނެފައިވަނީ ޒުވާނުންގެ ދުވަސް ނިމުނު އިރުވެސް އެމްޑީޕީގެ ޔޫތު ވިންގް އެކައުންޓުން ސަރުކާރުގެ އެއްވެސް ޚަބަރެއް އެކްޓިވިޓީއެއް ރީޓްވީޓްކޮށްފައި ނުވާކަމަށެވެ. މިކަންކަމަކީ މިހާރުން މިހާރަށްވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއްކަމަށް ލޫކަސް ބުނެފައިވެއެވެ.
އެމްޑީޕީގެ ތެރޭގައި އޮތް ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ސިޔާސީ ވާދަވެރިކަމުގައި އެމްޑީޕީގެ ޓުވީޓާ ފީޑުންވެސް ގިންއިން ފެނިގެންދަނީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު މަޖިލީހުގައި ކުރައްވާ ގިނަ ކަންކަން ޓުވިޓާ އެކައުންޓަކުން ރިޓްވީޓްކޮށް ޓުވީޓް ކުރައްވާއިރު، ރައީސް ޞާލިހުގެ މަދު ޓްވީޓްތަކެއް ނޫނީ ކޮށްފައި ނުވެއެވެ. މީގެ ކުރިންވެސް އެޕާޓީގެ ތެރޭގައި މިފަދަ މައްސަލަތެއް ޖެހިފައިވެއެވެ. މިގޮތުން ސިޔާސީ މަގާމުތަކުގައި އިއްކޮށް ތިއްބަވާ ބޭފުޅުން ސަރުކާރުގެ މަޝްރޫޢުތައް ޓްވީޓް ނުކުރާ މައްސަލާގައި އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ހިމެނޭ ގްރޫޕެއްގައިވެސް މިކަމުގެ ބަހުސްއެއް ކުރިއަށް ގޮސްފައިއެވެ.
ކޮމެންޓު ފޮނުވާ