"އިންޑިއަން ޕޮލިސް ފޯސް"އާ ޝިލްޕާ ގުޅިއްޖެ!

"އިންޑިއަން ޕޮލިސް ފޯސް"އާ ޝިލްޕާ ގުޅިއްޖެ!

Author
ފާތިމަތު ނާވީ
26 އޭޕްރިލް 2022 10:57
0

ކުޅަދާނަ ޑައިރެކްޓަރ ރޯހިތު ޝެއްޓީގެ "ކޮޕް ޔުނިވާސް"ގެ ފުރަތަމ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އާ ބަތަލާ ޝިލްޕާ ޝެއްޓީ ގުޅިއްޖެއެވެ.

މިއީ ސިދާތު މަލްހޯތުރާ އާއެކުގައި ރޯހިތު ހަދަން ނިންމާފައިވާ ވެބް ސީރީޒް އެކެވެ. ޝިލްޕާ ވަނީ މިކަން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

މި ވެބް ސީރީޒް ގައި ޝިލްޕާވެސް ފެނިގެން ދަނީ ފުލުހެއްގެ ރޯލުންނެވެ. ސީރީޒުން އޭނާ ފެންނާނެގޮތަށް ރޯހިތާއެކު، ޝިލްޕާ ވަނީ ވީޑީއޯ ކޮޅެއް ހިއްސާ ކޮށްފައެވެ.

މިއީ ޝިލްޕާ އޮންލައިން ޕްލެޓް ފޯމަށް ތައާރަފްވާ ވެބް ސީރީޒެވެ. އަދި ހަމަ އެހެންމެ ރޯހިތުގެ ވެސް މިފަދަ ފުރަތަމަ މަސައްކަތެވެ. މީގެ އިތުރުން މިއީ ސިދާތުގެ ވެސް އޯޓީޓީގެ އަލަތު މަސައްކަތެވެ.

ސިދާތާއި ޝިލްޕާގެ އިތުރުން ވިވެކް އޮބެރޯއީވެސް މި ސީރީޒްގައި ފުލުހެއްގެ ގޮތުގައި ފެނިގެންދާނެއެވެ.

މި ވެބް ސީރީޒް ޕްރިމިއާ ކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެޒޯން ޕްރައިމް އިން ޕްރިމިއާ ކުރާ މި ވެބް ސީރީޒްގެ 8 އެއްޕިސޯޑެއް ފުރަތަމަ ސީރީޒް ގައި ގެނެސްދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.