ބޮލީވުޑްގެ އަރަމުން އަންނަ ތަރި އަދި މަގްބޫލު ނެށުންތެރިޔާ ޓައިގާ ޝްރޮފް ރާއްޖެއަށް އަތުވެއްޖެއެވެ.
އޭނާ ރާއްޖެ އައިސް، ރާއްޖޭގެ ބޭނުން ކުރާ އެއާ ޓެކްސީއެއް ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާލައިންގެ އެއާ ޓެކްސީއެއް ކައިރީ ހުއްޓިލައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ވަނީ އާއްމުކޮށްފައެވެ.
އެ ފޮޓޯގައި އޭނާ ފެނިގެން ދަނީ ހަމައެކަނި ޖީންސެއް ލައިގެން، ބޫޓަކަށް އަރައިގެން ހުއްޓާއެވެ. އޭނާ ލައިގެން ހުރި ޓީޝާޓާއި، އަޅައިގެން ހުރި މާސްކްވެސް އަތަށް ލައިގެން ފޮޓޯއަކަށް ހުއްޓިލައިގެން ހުރި މަންޒަރެވެ. އޭނާގެ އަނެއް އަތުގައި ދަބަހެއްވެސް އޮތެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޓައިގާ ރާއްޖެ އައިސްފައި ވަނީ މުމްބާއީ މަގުންނެވެ. އޭނާ އައީ ޗުއްޓީ ހޭދަކޮށްލަން ކަމަށް ބުނެފައި ވެއެވެ.

އޭނާ އިންސްޓަގްރާމްއަށް ދޫކޮށްލި ފޮޓޯގެ ކެޕްޝަންގައި ވަނީ "މި ޑްރެސް ކޯޑަކީ ދެން ހުރި ދުވަސްތަކަށްވެސް ބޭނުން ކުރާނެ ޑްރެސް ކޯޑު" ކަމަށް ބުނެފައެވެ. އެ ފޮޓޯއަށް ގިނަބަޔަކު ކޮމެންޓްކޮށް ގިނަ ބަޔަކު ލައިކްވެސް ކޮށްފައި ވެއެވެ.
އޭނާ އެނބުރި އިންޑީއާއަށް ގޮސް ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން ގަނަޕަތްގެ މަސައްކަތް އޭނާ ވަރަށް އަވަހަށް ފަށާނެ ކަމަށާއި، އިތުރު ތިން ފިލްމެއްގެ މަސައްކަތްވެސް ކުރިއަށް އެބަ އޮތް ކަމަށް ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ