ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުންގޯސްވެ ހުދު ސަމާލުނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުންގޯސްވެ ހުދު ސަމާލުނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހދ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދުގެ 17:00 އިން ފެށިގެން 23:00އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިގަޑިތަކުގައި މިސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މިވަގުތުތަކުގައި މިސަރަހައްދުގެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަސް މޫސުމާއި ބެހޭ ޤައުމީ އިދާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *