ބޮލީވްގެ އެކްޓްރެސް އާލިއާ ބަޓްގެ އެންމެ ފަހުގެ ފިލްމު "ގަންގޫބާއި ކަތިއަވަޅީ" މި މަހުގެ 26 ގައި ނެތްފްލިކްސް އިން ޕްރިމިއާ ކުރާގޮތަށް ނިންމައިފިއެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެކެވެ. މި ބަޔޮޕިކް ގައި މުހިންމު ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެން ދާނެއެވެ. އަޖޭ މިފިލްމުގައި ކުޅެނީ އިންޑިއާގެ ކުރީގެ މަޝްހޫރު ޑޮންއެއް ކަމަށްވާ ކަރީމް ލާލާގެ ރޯލެވެ.
މީގެ އިތުރުން ޝާންތަނޫ މަހޭޝްވަރީ، ރާމްނިކް ލާލް އަދި ހުމާ ގުރޭޝީ ވެސް މުހިންމު ރޯލަކުން ފެނިގެން ދެއެވެ.
މި ފިލްމަކީ ހުސައިން ޒައިދީ ލިޔެފައިވާ "މާފިޔާ ކުއީންސް އޮފް މުމްބާއީ" ގައި ހިމެނޭ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އިންޑިއާގައި އުޅުނު ހަށިވިއްކާ އަންހެނެއް، ގޭންގްސްޓާރެއްގެ ދަރަޖައަށްގޮސް ގިނަބަޔަކު އިހްތިރާމުކުރާ މީހަކަށް ވެގެންދާގޮތް މި ފިލްމުގައި ވަނީ ދައްކުވައިދީފައެވެ.
ކޮމެންޓު ފޮނުވާ