ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މި އަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައިވަނީ މި އަދަދަކީ އޮގަސްޓު 13 ގެ ނިޔަލަށް އެ ފަންޑަށް ޖަމާކުރެވުނު ޖުމްލަ ފައިސާގެ އަދަދު ކަމަށެވެ. ފާއިތުވި އަހަރުގެވެސް ހަމަ މި މުއްދަތުގައި ފަންޑަށް ޖަމާވެފައިވަނީ ހަމަ 1.3 ބިލިއަން ރުފިޔާ އެވެ. މި އަހަރު އެ ފަންޑަށް 2.4 ބިލިއަން ރުފިޔާ ޖަމާކުރަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.
އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފަންޑުގެ މައިގަނޑު މަގުސަދަކީ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި، އިގުތިސޯދަށް ކުއްލި ލޮޅުމެއް އައި ނަމަވެސް، އެ ޒިންމާ އަދާކުރެވޭނެ ކުޅަދާނަކަން ދައުލަތުގައި ދެމެހެއްޓުމެވެ.
ކޮމެންޓު ފޮނުވާ