ފެންފުއްޓާ ކައިރީ ފަރަށް އެރި ބޯޓުގެ ފަޅުވެރިން ކޯސްޓްގާޑުން ސަލާމަތްކޮށްފި

ފެންފުއްޓާ ކައިރީ ފަރަށް އެރި ބޯޓުގެ ފަޅުވެރިން ކޯސްޓްގާޑުން ސަލާމަތްކޮށްފި

Author
އަހުމަދު
08 ނޮވެމްބަރ 2026 04:05
0

 

މާލެއިން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދިޔަ "ދެރަހަ" ބޯޓު ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރުމުން، އޭގައި ތިބި 10 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.

ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި ހަ ބިދޭސީންނެވެ. ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިއަދު ދަންވަރު 00:40 ގައެވެ. އޭގެ ފަހުން ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެ ސަރަހައްދަށް ވަގުތުން ދަތުރުކުރިއެވެ.

ހަތް މީހަކު ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނެގީ 01:53 ގައެވެ. ޑިންގީއެއްގައި ފެންފުއްޓާއަށް އަރައިފައި ތިބި ބާކީ ތިން މީހުން 02:10 ގައި ހާބަރކްރާފްޓަށް ނެގިއެވެ.

ބޯޓު ފަރުން ފުންކުރުމަށް ވެރިފަރާތުން ފޮނުވި "ސްވިފްޓް" ދޯނި ފަތިހު 04:22 ގައި އެ ސަރަހައްދަށް އައުމުން، ފަޅުވެރިން އެ ދޯންޏަށް ބަދަލުކުރިއެވެ. ބޯޓު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑުން ދެން ވެސް އެހީތެރިކަން ދެމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.