މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ވައިޓް އެލާޓެއް ނެރެފިއެވެ.
މި އެލާޓްގައި ހިމެނެނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:00 އިން މެންދުރު 14:00 ގެ ނިޔަލަށެވެ.
ހުޅަނގު މޫސުމުގެ ބާރު އިތުރުވެ ރާއްޖޭގެ ތަފާތު ސަރަޙައްދުތަކަށް މޫސުން ގޯސްވަމުން އަންނާތީ، ބޯ ވާރޭގެ ސަބަބުން ފެންބޮޑުވެދާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މި ވިއްސާރައިގައި ބައެއް ރަށްރަށަށް މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ