މާލެ ސަރަހައްދުގެ އެންމެ ބޮޑު ހޮޓަލު "މެންހަޓަން ގްރޭންޑް" ހުޅުވައިފި

މާލެ ސަރަހައްދުގެ އެންމެ ބޮޑު ހޮޓަލު "މެންހަޓަން ގްރޭންޑް" ހުޅުވައިފި

Author
އަހުމަދު
08 ނޮވެމްބަރ 2026 08:46
0

މާލެ ސަރަހައްދުގައި އެންމެ ޖާގަ ބޮޑު ހޮޓަލު ކަމަށްވާ "މެންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި މި ހޮޓާ ހުޅުއްވައިދެއްވީ މާލިއްޔަތާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރެވެ. ހުޅުވުމުގެ އުފާ ފާޅުކުރުމަށް ހޮޓަލުގެ ހަރަދުގައި ކުލަގަދަ ހަވާ އެރުވިއެވެ.

ފަސް ތަރީގެ ފެންވަރުގެ މި ހޮޓަލުގައި 162 ކޮޓަރި، 4 ރެސްޓޯރެންޓް، ހަފުލާތަކާއި ބައްދަލުވުންތަކަށް 4 މާލަމާއި ޖިމް، ސްޕާ އަދި ފަތާ ފެންގަނޑެއް ހިމެނެއެވެ. ދިވެހި ތާރީހާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ މި ހޮޓަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 10 މިނެޓު ތެރޭގައި ދެވެއެވެ.

މި މަޝްރޫއު ފެށީ 20 އަހަރު ކުރިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ. އެތައް އަހަރަކު މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިހާރުގެ ސަރުކާރުން މަޝްރޫއު އަމިއްލަ އިންވެސްޓަރަކާ ހަވާލުކުރިއެވެ. މަސައްކަތް ނިންމާލީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުންޏާއި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏެވެ.

މި ހޮޓާ ހުޅުވުމާއެކު، މާލެ ސަރަހައްދުގެ ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ އިތުރަށް ކުރިއަރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.