ޚަރަދުތަކުގެ ތަފްޞީލު ނުބެލެހެއްޓުމުން އަދާލަތު ޕާޓީއަށް 25،000 ރުފިޔާގެ ޖޫރިމަނާ

ޚަރަދުތަކުގެ ތަފްޞީލު ނުބެލެހެއްޓުމުން އަދާލަތު ޕާޓީއަށް 25،000 ރުފިޔާގެ ޖޫރިމަނާ

Author
އަހުމަދު
08 ނޮވެމްބަރ 2026 04:07
0

 

އިލެކްޝަންސް ކޮމިޝަނުން (އީސީ) އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ޕާޓީން ކުރި ޚަރަދުތަކުގެ ތަފްޞީލު، ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައިވާ ގޮތަށް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ މި ފިޔަވަޅު އެޅީއެވެ.

އީސީން ނެރުނު ނޯޓިސްގައިވާ ގޮތުން، އަދާލަތު ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ. ޤާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ ހުރިހާ ޚަރަދެއްގެ ތަފްޞީލު ބެލެހެއްޓުން ލާޒިމުކުރެއެވެ. ނަމަވެސް ޕާޓީން އެކަން ފުރިހަމައަށް ކޮށްފައި ނުވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކާ ގުޅޭ ލިޔެކިޔުން ހުށަހަޅާފައި ނުވާތީ، އެ އަދަދުތައް ކަށަވަރު ނުކުރެވޭ ކަމަށްވެސް އޮޑިޓަރު ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.