ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ދެމިހުންނާނީ މިރޭ 19:00 އާ ހަމައަށެވެ.
އަދި ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައިވެއެވެ. މެންދުރުފަހު 14:00 އިން 20:00 އާ ދެމެދު އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުތަކުގައި ގަޑިއަކު 35 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށް ލަފާކުރެއެވެ.
ހުޅަނގު މޫސުން ބާރުގަދަވުމުގެ ސަބަބުން ނޮވެމްބަރު 7 އިން 11 އާ ހަމައަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ އިންޒާރުދީފައެވެ. ބައެއް ރަށްތަކުގައި ފެންބޮޑުވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް އެ އިދާރާއިން އެދިފައިވެއެވެ.
އިއްޔެ ކުރި ވިއްސާރައިގައި ށ. ޅައިމަގުގައި ގެއެއްގެ ފުރާޅު އެއްލާލާފައިވެއެވެ.
The last line comes from the photo caption in the original. If you’re not using that photo, you can delete the line.
ކޮމެންޓު ފޮނުވާ