އިސްތިއުފާގެ އަޑުތައް ގަދަވެފައި ވަނިކޮށް، ގޮޓަބަޔަ އާ ކެބިނެޓަށް ވަޒީރުން އައްޔަން ކުރައްވައިފި

އިސްތިއުފާގެ އަޑުތައް ގަދަވެފައި ވަނިކޮށް، ގޮޓަބަޔަ އާ ކެބިނެޓަށް ވަޒީރުން އައްޔަން ކުރައްވައިފި

Author
ހުސެއިން
18 އޭޕްރިލް 2022 12:04
0

ސްރީ ލަންކާގެ އިގްތިސާދު ބޮޑު ކާރިސާއަކަށް ވެއްޓި، އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސައާއި ދެކޮޅަށް ގައުމުގައި ހިނގަމުންދާ ބޮޑެތި މުޒާހިރާތަކުގައި އެތައްހާސް ބަޔަކު ރައީސްގެ އިސްތިއުފާއަށް ގޮވަމުން ދަނިކޮށް، ގޮޓަބަޔަ އެގައުމުގެ އާކެބިނެޓަށް ވަޒީރުން އައްޔަން ކުރައްވައިފިއެވެ.

ސްރީލަންކާގެ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ދީފައިވަނީ، އެގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ފައިސާގެ އަގު ވެއްޓި، ގައުމަށް އެތެރެކުރާ ތެލާއި، އަދި ކެއިންބުއިމަށް ބޭނުންވާ ތަކެއްޗަށް، އެގައުމުގެ ސަރުކާރަށް ފައިސާ ނުދެއްކޭ ހާލަތަށް ދިއުމާއި ގުޅިގެން، ގައުމުގައި ބޮޑެތި މުޒާހިރާތައް ކުރާން ފެށުމާއެކުއެވެ. ސްރީ ލަންކާގެ އިގްތިސާދަސް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު، އެގައުމަށް ތެލުގެ ދަތިކަން ފޯރާ، ސްރީލަންކާގައި ދަނީ ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރަށް ކަރަންޓު ކެނޑެމުންނެވެ. އަދި ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކުގައި ދަނީ، މުހިންމު ބައެއް އޮޕަރޭޝަންތައްވެސް ސަސްޕެންޑް ކުރަމުންނެވެ.

ގޮޓަބަޔަގެ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ދިނުމާއެކު އޭނާވަނީ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު ދީފައެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރު ނުގުޅުމަށް ނިންމާ، ރައީސް ގޮޓަބަޔަ އާއި އޭނާގެ ބޭބެ، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާދިނުމަށް ގޮވާލާފައެވެ.

ގޮޓަބަޔަ އަލަށް އެކުލަވާލި ކެބިނެޓްގައި އެކި މަގާމްތަކަށް އޭނާގެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ވަނީ ހަމަޖައްސަވާފައެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން އެގައުމު ވެއްޓިފައިވާ އިގްތިސާދީ އެންމެ ބޮޑު ވަޅުގަޑެވެ.

ފާއިތުވެދިޔަ ހަފްތާގައި ސްރީލަންކާއިން ވަނީ އެގައުމުގެ ބޭރުގެ ދަރިވެސް ދެއްކޭގޮތް ނުވެފައިވާކަން ހާމަ ކޮށްފައެވެ. މީގެ ބައެއް ބޮންޑުތަކަށް ފައިސާ ދެއްކުމުގެ ތާރީޚް ހަމަވާ ދުވަހަކީ މިއަދެވެ. އަދި މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ހަފްތާއެއް ވަންދެން ސްރީ ލަންކާގެ ސްޓޮކް އެކްސްޗޭންޖުވެސް ވަނީ ބަންދު ކޮށްފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ، ގައުމުގައި ބޮޑެތި މުޒާހިރާތައް ކުރިޔަށްދަނިކޮށް، ގޮޓަބަޔަ އާ ކެބިނެޓް އިއުލާން ކުރުމުން ދޭހަކޮށްދެނީ، މުޒާހިރާ ކުރާ ފަރާތްތަކުގެ ޑިމާންޑުތަކަށް އޭނާ ދޫދެއްވުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ކަމުގައެވެ.

ސްރީ ލަންކާގެ އެތައް ހާސް ރައްޔިތުންދަނީ ކޮންމެ ދުވަހަކުވެސް، އެކައުމުގެ ވެރިރަށް ކޮލޮމްބޯގެ ގޯލް ފޭސް ސަރަހައްދަށް އެއްވެ މުޒާހިރާ ކުރަމުންނެވެ. މި މުޒާހިރާތަކުގައި މުޒާހިރާގެ ބައިވެރިން އަޑު އުފުލަމުން ދަނީ، ރައީސް ގޮޓަބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދިނުމަށެވެ. އެހެންނަމަވެސް ދެބޭފުޅުންވެސް ވަނީ އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.

އިގްތިސާދީ ހާލަތު ދަށްވެ، ސްރީލަންކާއިންވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާއި ޗައިނާއިން ދަނީ، ސްރީލަންކާއަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓިއެއް ދޫކުރުމާމެދު މަޝްވަރާ ކުރަމުންނެވެ. މިއީ ގޮޓަބޭގެ ސަރުކާރުން، މި ދެގައުމުން ނެގުމަށް މަސައްކަތައް ކުރައްމުން އިތުރު ބޮޑެތި ލޯންތަކުގެ އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ފައިސާގެ އެހީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.