މާލެ ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކޮށްފައިވާ ހިތްގައިމު ބޮޑު ޕާކު ހުޅުވައިފިއެވެ.
ޕާކް ހުޅުވައި ދެއްވީ ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނާއި، ނައިބް ރައީސް ފައިސަލް ނަސީމާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީ އިސް ބައެއް ބޭފުޅުން ބައިވެރިވެފައިވެއެވެ.

ލޮނުޒިޔާރަށްކޮޅުގައި ޕާކެއް ތައްޔާރުކުރުމަށް ސިޓީކައުންސިލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ފަހުކޮޅުއެވެ. ބްރިޖްގެ މަސައްކަތަށްފަހު، ކޮންސްޓްރަކްޝަން ސައިޓެއްގައިގޮތުގައި އޮތް އެ ސަރަޙައްދު ސާފުކޮށް، ޕާކެއްގެ ސިފަ ގެނުއުމުގެ މަސައްކަތްފެށީ އަހަރުގެ މެދުތެރޭގައެވެ.
ހުސް ވެލި ބިމެއްގެ ގޮތުގައި އޮތް އެ ސަރަޙައްދު، ފެހިކޮށް ތަރައްޤީކޮށް މިހާރުވަނީ މާލޭގެ މަލަމައްޗަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ދިގުމުއްދަތެއްވަންދެން ބަންދުކޮށްފައި އޮތް އެ ސަރަޙައްދު، ތިމާވެށްޓާއި ރައްޓެހި ހިތްގައިމު ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކޮށް، އާންމުންނަށް އެތަން ހުޅުވާލު މިހާރުވަނީ އާއްމުން އެތަންތަނުން ހިތްފަސޭހަކަން ލިބުމަށް ދޫކޮށްލަން ތައްޔާރުވެފައެވެ.

ޕާކު ތަރައްޤީކޮށްފައިވަނީ އާއްމުންނަށް އިށީއިނދެ ތިބުމަށް ޚާއްޞަ 300އަށްވުރެ ގިނަ ބެންޏާއި، ކުޑަކުދިންނަށް ޚާއްސަ ބައިސްކަލު ދުއްވާ ލޭނަކާއި، ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭގޮތަށް ތައްޔާރުކޮށްފައިވާ ލޭނެއްވެސް ހިމެނޭގޮތަށެވެ. އަދި މީގެއިތުރަށް ޕާކުގެ ވަކި ސަރަޙައްދެއް ކަސްރަތުކުރާ މީހުންނަށްވެސްވަނީ ޚާއްސަކޮށްފައެވެ.
ކޮމެންޓު ފޮނުވާ