އާލިއާ އާއި ރަންބީރުގެ ކައިވެނި މިމަހު 17 ގައި

އާލިއާ އާއި ރަންބީރުގެ ކައިވެނި މިމަހު 17 ގައި

Author
ފާތިމަތު ނާވީ
08 އޭޕްރިލް 2022 08:11
0

ބޮލީވުޑްގެ ލޯބި ކަޕުލްގެ ގޮތުގައި މަޝްހޫރު ވެފައިވާ ދެތަރިން ކަމުގައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް މިމަހުގެ 17 ވަނަ ދުވަހުގައި ކައިވެނި ކުރާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 5 ވަރަކަށް އަހަރު ވެފައިވާ މިދެމީހުންގެ ކައިވެނީގެ އަޑު އިރުއިރު ކޮޅުން ގަދަވެއެވެ. ދާދިފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ބުނެފައިވަނީ އޭނާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށެވެ.

"އަހަރެން ވަރަށް އަވަހަށް ކައިވެނި ކުރާނަން، އެކަމަކު ކުރާނެ ތާރީހެއް ނޭނގޭ، ކައިވެނި ކުރާނީ އާލިއާއާ ކަން ކަށަވަރު"

– ރަންބީރު

 

View this post on Instagram

 

A post shared by Alia Bhatt ????☀️ (@aliaabhatt)

އެ ކައިވެންޏަށް ހަފުތާއެއްހާ ދުވަސް ބާކީ އޮތްއިރު، ގިނަ ބަޔަކު ދައްކަމުން އަންނަ އެއް ވާހަކަ އަކީ އާލިއާގެ ނަސީބު ގަދަ ކަމެވެ. މި މީހުން ކައިވެނި ކުރަނީ ސްވިޒްލޭންޑްގައި ކަމަށް މިހާރު ޚަބަރުތަށް އަންނަނީ ބުނަމުންނެވެ.

އާލިއާ ބޮލީވުޑަށް ނުކުތީއްސުރެ އޭނާ ދޭ އިންޓަވިއު ތަކުގައި ކައިވެނި ކުރަން ބޭނުން ވަނީ ކާކާތޯ އެހުމުން ކޮންމެ ފަހަރަކުވެސް ބުނެފައިވަނީ ރަންބީރާ ކަމަށެވެ. މިހާރު މި ވަނީ އާލިއާގެ އެ ހުވަފެން ހަގީގަތަކާއި ވަރަށް ބޮޑަށް ކައިރިވެފައެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ރަންބީރާއި އާލިއާ ރައްޓެހިވީ އެމީހުން އެކުގައި ކުޅެމުން އަންނަ ފިލްމު "ބްރަހްމަސްތުރާ" ގެ ޝޫޓިންގައި އުޅުމުގެ ތެރެއިންނެވެ. މިއީ އެ ދެތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ސިނަމާތަކަށް މި ފިލްމު އަންނާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.