ރޯދަ އިނާޔަތް ނުލިބޭނަމަ، މައްސަލަ ހުށަހެޅުމަށް އެދިއްޖެ

ރޯދަ އިނާޔަތް ނުލިބޭނަމަ، މައްސަލަ ހުށަހެޅުމަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
03 އޭޕްރިލް 2022 10:15
0

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރަމަޟާންމަހުގެ ޢިނާޔަތް ނުލިބޭ ކަމުގައިވާނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅުމަށް ދަންނަވައިފިއެވެ.

އެ އޮތޯރިޓީންވަނީ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޤާނޫގައި ކަނޑައަޅާފައިވާ 3،000 ރުފިޔާ ނުލިބޭ ކަމުގައިވާނަމަ، އެމައްސަލަ އެއޮތޯރިޓީއަށް ހުށަހެޅުއްވުމަށް ދަންނަވާފައެވެ. މައްސަލަ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން އެ އޮފީހުގެ ވެބްސައިޓަށް ޒިޔާރަތް ކުރައްވައި، ނުވަތަ އޮތޯރިޓީއަށް ވަޑައިގެން މައްސަލަ ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ.

ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެމުން ނުދާކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ. ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ ޢިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އެޢިނާޔަތް ދެމުން ނުދާކަންވެސް ވަނީ ފާހަގަވެފައެވެ.

ވަޒީފާއާއިބެހޭ ޤާނޫނުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ. މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު ފައިސާ ދޭންޖެހެނީ ހަމައެކަނި އަސާސީ ވަޒީފާ އޮންނަ އޮފީހަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ﷲ ސުބްޙާނަހޫވަތަޢާލާ އާއިކީރިތިރަސޫލާ އާއިދެކަލުން ވަނީ ޙައްޖަތުލް ވަދާޢުގައި މިއުއްމަތަށް ބޮޑުޙުކުމް ފުޅެއް އިއްވާފަ! އެޙުުކުމުގައި ކަންކަމުގައި ﷲޙުރުމަތްތެރިކުރެއްވި 3ކަމެއްވޭ އެއީ1އިންސާނާގެ ޖާނު 2އިންސާނާގެ މާލު 3ގޯތިގެދޮރު މިއީހަތްއުޑުމަތިން ބާއްވާލެއްވި ޙުކުމް ފުޅެއް މިހުކުމއ ފުޅަށް ގޮންޖަހާލާފަ ހަދާކޮންމެ ޤާނޫނަކީ އެއީ ބާތިލްޤާނޫނެއް! މާލުގެމާނައަކީ އެމީހެއްގެ މުދާ! މިމުދާ ނުރުހުމުގައި ބަޔަކަށް ދިނުމަށް އެއްވެސް ފަރާތަކުން އަމުރެއްނުކުރެވޭނެ! އެހޯދާން މަސައްކަތްކުރާ މުއްސިސާއަކީވެސް ސީދާ ހަރާމްގޮތުގައި ފިތުނައުފައްދަން މަސައްކަތް ކުރާބައެއް! އަދިﷲގެހަޞްރަތުގައި ބޮޑުވެގެން ވާޢަޒާބުލިބޭނޭބައެއް! މުއައްޒިފަކަށްހައްޤުވާނީ ދެފަރާތުން އެއްބަސް ވެގެން ވަކިގަޑިއިރަކަށް މަސައްކަތްކުރީމަ ދޭން އެއްބަސްވާ ވާއުޖޫރަ! މިދޭންޖެހޭނެ! ގައިންދާނުފިލަނިިސް ނުވަތަ އުޒުރެއްނެތިއްޔާ މަހުގެ ފުރަތަމަދުވަހު! މިނޫން އެއްޗެއްދުނުމަކަށް ޤާނޫެއްހެދިޔަސް ދޭކަށް ނުޖެހޭނެ! އެމީހަކުހިތުން ރުހުމުގައި ދިން އެއްޗެއް ނޫނީ ޙަލާލެއް ނުވާނެ! ނުރުހުމުގައި އެހޯދން މަސައްކަތްކުރާމީހާއާއި އެހޯދާދޭން މަސައްކަތް ކުރާ މީހާގެ ހުމުމަކީ (އިންސާނާގެލޭ ހުރުމަތްތެރި ކުރެްްވި ބަސްފުޅަށް ފަހު ދެން އެއަންނަނީ މުދަލުގެވާހަކަ ދާދިއެއް ބަސްފުޅުތަކެއް! ) ކަނޑައެޅިގެން ﷲ ގެޙުކުމްފުޅެއްމުގުރާލުން! އެފަދަމީހުންގެ މައްޗައްއޮތް ވަޢީދުގެ ބަސް ފުޅުތަށް ކީރިތިޤްރުއާނުގެ އެތަށް ތަނެއްގައިވާކަން މިޤާނޫނުހެދި މީހުނާއި އަދި ވަޒީފާއާއި ބެހޭޙަރާމް ޓްރައިބިނަލަށް އެގޭބާވައޭ އަޅުގަނޑުހިތަށް އަރާ ؟ ިފަދަމީހުނަށްހުރި ވަޢީދުގެ ބަސް ފުޅުތަށް ނޭގޭނަމަ އެއޮތީކީރިތި ޤްރުއާނުގެ ދިވެހިތަުޖަމާ ސޫރައްލް މާއިދާގެ 49 ވަނައަޔަތުންފެށިގެން ބައްލަވާލައްވާ! ﷲ ގެހުކުމްފުޅުތަކަށްގޮންޖަހާ ޖާހިލުންނަށް ހުރި ވަޢީދުގެ ބަސްފުޅުތަށް ފެއްނަން އެއޮތީ ! ބައްލަވާލައްވާ! ވަގުތުން ވަގުތަށްތިފަދަ ޙަރާމް ޖަރީމާތަކާއި ފިތުނަ އުފެއްދުމަށް ހަރުއަޑުން އަޅުގަނޑުގޮވާލަން ! ޝައްކެއްވާ ނަމަ ކީރިތިރަސޫލާގެ ސީރުތުގެ ރަމްޟާން މަހުގެ 25 ވަނަދުވަހުގެ 51ވަނަމިނިޓުން ހައްޖތުލްވަދާޢުގެމާތް ޚުތުބާ އަޑުއައްސަވާލައްވާ! ތިޔަކުރެވެނީ ބޮޑުހަރާމް ކަމެއްކަން ކީރިތިޤްރުާނާއިސުއްނަތުން ދަލީލުންސާ ބިތުކޮށްދެން ޓީވީޕްރޮގުރާމަކަށްއަރަންމިހުރީ ތައްޔާރަށް !ތިޔަ ވަޟުޢީގާނޫނު ތަށް ހެދި ހުރިހާބަޔަކާއެކުވކެރިގެން ކުރިމަލާން ތަށްޔާރު ގޮންޖަހާލާފަ މިބުނީ!