ގެއްލުނު ގޮނޑި އަލުން ހޯދަން އެމްޑީޕީގެ ޓިކެޓް ޝުޖާއުއަށް

ގެއްލުނު ގޮނޑި އަލުން ހޯދަން އެމްޑީޕީގެ ޓިކެޓް ޝުޖާއުއަށް

Author
އަހުމަދު
20 އޮކްޓޯބަރ 2026 01:28
0

ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް ބާއްވާ ބައި އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު، އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއުއަށް ލިބިއްޖެއެވެ.

ޓިކެޓަށް ކުރިމަތިލީ ހަމައެކަނި އޭނާ ކަމަށާއި، އެހެންވެ ޕްރައިމަރީއެއް ނުބާއްވާ ޓިކެޓު ލިބުނު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ފަސްވަނަ ކައުންސިލުގެ ދައުރު ފެށުނުފަހުން ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމީ ޖުލައި 2 ގައެވެ. އެ ނިންމުމަކީ އިޖުރާއަތު ފުރިހަމަނުކޮށް، ގާނޫނު ރަނގަޅަށް ނުބަލާ ނިންމި ނިންމުމެއް ކަމަށް ޝުޖާއު ކުރިން ވިދާޅުވެފައިވާއިރު، ބައި އިންތިޚާބަށް ހުޅުވާލައިފިނަމަ އަލުން ވާދަކޮށް މަގާމު ހޯދާނެ ކަމަށްވެސް އޭރު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލް ރައީސްކަމަށް ކުރިމަތިލެވޭނީ އަންނަ ހޯމަ ދުވަހާ ހަމައަށް ކަމަށާއި، އިންތިޚާބު ބާއްވާނީ ނޮވެމްބަރު 28 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.