ސުނާމީ ބިނާއާއި ސޯޝަލް ސެންޓަރާ ދެމެދު މަގު މިރޭ ބަންދުކުރަނީ

ސުނާމީ ބިނާއާއި ސޯޝަލް ސެންޓަރާ ދެމެދު މަގު މިރޭ ބަންދުކުރަނީ

Author
އަހުމަދު
20 އޮކްޓޯބަރ 2026 01:18
0

ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ގޮތުން، ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް މަގު ބަންދުކުރާތީ، އެ ސަރަހައްދުގައި ބެހެއްޓިފައިވާ އުޅަނދުތައް ނަގަން ފުލުހުން އަންގައިފިއެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުން، މިރޭ 12:00 އިން ފެށިގެން އެ ސަރަހައްދު އެއްގަމު އުޅަނދުފަހަރަށް ބަންދުކުރެވޭނެއެވެ. އަދި އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.

މި ބަދަލުގެ ސަބަބުން ދަތުރުވެރިންނާއި އާންމުންނަށް ދިމާވާ ދަތިތަކަށް މަޢާފަށް އެދުމާއެކު، އާންމުންގެ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކުރިއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ ދަށުން މަގުގެ ބޮޑު ބައެއްގެ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.