ޖަމިއްޔަތުއްސަލަފްގެ ރައީސް އަބްދުﷲ މުހައްމަދާއި، ޖަމިއްޔާގެ ތަރުޖަމާނު ހަސަން މޫސާ ފިކުރީ އަދި ޑރ. ޒާހިރު، ދީނީ އިލްމުވެރިން ގުޅިގެން އުފައްދާފައިވާ އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ އެވެ.
އޭގެ އިތުރުން، އިލްމުވެރިންގެ ގުޅުމުގެ ރައީސް ޝައިޚް މުހައްމަދު ހަލީމް ވެސް ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ސަލަފަށް ނިސްބަތްވާ ހަލީމް މަގާމުން ވަކިވި ނަމަވެސް، ގުޅުމުގެ މެމްބަރުކަމުން ވަކިވެވަޑައިނުގަންނަވަ އެވެ.
މި ބަދަލުތައް އައީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ނިންމާފައިވާ މަޝްރޫއާ މެދު އިލްމުވެރިންގެ ގުޅުމުގެ ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ. މި މަޝްރޫއާ ބެހޭގޮތުން އިލްމުވެރިންގެ ގުޅުމުން ދިރާސީ ރިޕޯޓެއް ތައްޔާރުކުރަމުން ދާއިރު، ސަލަފް ޖަމިއްޔާއިން ވެސް ދަނީ މައުލޫމާތު ހޯދައި ދިރާސާކުރަމުންނެވެ.
މަޝްރޫއުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ބައެއް ސިޔާސީ ފަރާތްތަކުން ވެސް އެ އެއްބަސްވުމާ މެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށް ބުނެ އެވެ.
ކޮމެންޓު ފޮނުވާ