އެމްޑީޕީން އިންތިޚާބު ތަކަށް ނުކުމެ ލާމަރުކަޒު ވާހަކަ ދެއްކުމަކީ ލަދުވެތި، ހުތުރު އަމަލެއްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިހެން ވިދާޅުވީ، ޕީޕީއެމްއަކީ ލާމަރުކަޒީ އުސޫލާއި އިދިކޮޅު ބައެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރެންދޫގައި ވިދާޅުވުމާއި ގުޅިގެންނެވެ. ނަޝީދު އެހެން ވިދާޅުވި ކުރެންދޫ ކައުންސިލްގެ ރައީސްއަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ކެމްޕެއިނަށް އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ނަޝީދުގެ އެވާހަކަތަކަށް ފާޑުވިދާޅުވެ ޝުޖާޢު ވިދާޅުވި، ޕީޕީއެމްއިން އިންތިޚާބު ތަކުގައި ވާދަވެސް ކުރާނެކަމަށާއި، އަދި ކާމިޔާބުވެސް ކުރާނެކަމަށެވެ. އަދި އިންތިޚާބު ތަކުގައި ވާދަކުރުމުގެ ހިތްވަރުވެސް ހުންނާނެކަމަށް ވިދާޅުވެ ޝުޖާޢު ވަނީ އެމްޑީޕީގެ އިސްލީޑަރާއި ރައީސަށް ލާމަރުކަޒީ ނިޒާމުގެ ވާހަކަ ނުދެއްކޭނެކަމަށް ހާމަކުރައްވާ ރައްދު ދެއްވާފައެވެ. ޝުޖާޢު ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ ޕީޕީއެމް ކޮޅަށް ބުރަވުމާއެކު އިމްޑީޕީގެ ބޭފުޅުން ތިއްބެވީ މުޅި ނިޒާމު ވެރިކަމުގެ ބާރުގެ ތެރެއަށް ހުތުރުކޮށްލައި ނިޒާމު ކިލަނބުކޮށްލައިގެންކަމަށެވެ. އެމްޑީޕީގެ ޖިލިސް މެމްބަރުން މިއަދު މިކަމާ ލަދުގަންނަންޖެހޭނެކަމަށާއި، މިއަދު ރަށުން ގޯތި ކެނޑެނީވެސް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ހުއްދަދެއްވުމުންކަމަށް ޝުޖާޢު ވިދަޅުވިއެވެ. އަދި އެއީ ވަރަށް ވަރަށް ހުތުރުކަމެއްކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
އަދާ ހަމައަށް މިކަން އޮތީ މައިސަރުކާރު ވަޒީރު ބޭފުޅުންގެ ކަބަޑު ތެރޭ ފޮރުވާފަ.ކައުންސިލް ތަކަށް އުފެއްދޭނެ ކަމަށް ބުނި ކުންފުނިތައް އުފައްދަން ހުށައެޅީމަ އެކަމެއް ނުވޭ.މިއީ ކުޑަ ވަރެއް ރައީސް @MohamedNasheed.ޓުވީޓަކުން މިހުރިހާ ވާހަކައެއް ދެއްކޭކަށް ނެތް.މަޖިލިސް އޮތީ ނިދާފަ.2/2
— Ibrahim Shujau (@IbrahimShujaau) March 18, 2022
ކުރެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްއަކީ ލާމަރުކަޒީ އުސޫލާއި އިދިކޮޅު ބައެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމާއި ދެކޮޅު ބަޔަކު ކައުންސިލް އިންތިޚާބުތަކުގައި ވާދަކުރާތީ އަޖައިބުވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ އެތައް ރަށަކަށް އެތައް ރައްޔިތަކަށް ބޮޑެތި ތަރައްޤީގެ ކަންކަން ގެނެސްދީފައިވާކަމަށެވެ. އެގޮތުން އެންމެ ކުޑަ އުޖޫރައާއިއެކު އެތައް މަސައްކަތްތެރިންގެ ހައްގު ވަނީ ހޯދައިދެވިފައި ކަމަށާއި، ކުރެންދޫގެ އެތައް ބަޔަކަށް މިކަމުން މަންފާ އިތުރުވެެފައިވާކަމަށެވެ. އަދި ކުރެންދޫ އެތައް ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ވަނީ ތަނަވަސް ކުރެވި، ހިލޭ ޑިގްރީއަށް ކިޔަންވަން ފެށިފައިކަމަށެވެ. މިއީ މިސަރުކާރުން ރައްޔިތުންނަށް ހޯދައިދިން ތަރައްޤީކަމަށް ނަޝީދު ވިދާޅުވިއެވެ.