މަސްތުވާތަކެތީގެ ތުހުމަތުގައި، 65 ސެލޯފިން ކޮޅާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ތުހުމަތުގައި، 65 ސެލޯފިން ކޮޅާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
09 ނޮވެމްބަރ 2026 09:10
0

 

ރ. ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކޯޓު އަމުރަކާއެކު ރަށުގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިން ކޮޅު ފެނުނު ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރީ ރ. ދުވާފަރު/ކަބީލާއާގެ، ހާޖަރާ މާއިސާ އަލީ (26) އާއި ރ. ދުވާފަރު/ދަފްތަރު ނަންބަރު 0235، އަބްދުﷲ އަލީ (33) އެވެ.

ބަންދާ ބެހޭ ގޮތުން ކޯޓަށް ހާޒިރުކުރުމުން، ހާޖަރާ ހަތް ދުވަހަށާއި އަބްދުﷲ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރިއެވެ. މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.