އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި 94،000އަށްވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ލިސްޓް އެމްޑީޕީން ޢާންމުކޮށްފިއެވެ.
އެމްޑީޕީގެ އެންމެ އިސް މަޤާމުކަމަށްވާ ޗެއަރޕާސަންއެއް ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އެމްޑީޕީން ދީފައިވަނީ ޗެއަރޕާސަން އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި ތާރީޚާއި ހަމައަށް އެޕާޓީގައި ތިބި މެންބަރުންނަށެވެ.
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ވޯޓު ލުވޭނެކަމަށް ނިންމާ ވޯޓު ލުމުގެ ހައްގު ލިބިގެންވާ ލިސްޓުގައި ހިމަނާފައިވަނީ 94،214 މީހުންނަށެވެ. އެއީ އެމްޑީޕީގެ ދަފްތަރުގައި ތިބި މީހުންނެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީ ދަފްތަރުގައި ތިބީ 54،782 މީހުންނެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ މެއި 14ގައެވެ. ކުރިން މި އިންތިޚާބު ބާއްވަން ނިންމާފައިއޮތީ އަންނަ އޭޕްރީލް މަހުގެ 16ގައެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ދެ ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. ދެ ކެނޑިޑޭޓުންވެސް ގެންދަވަނީ އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރީގައި ގެންދަވަމުންނެވެ.
ކޮމެންޓު ފޮނުވާ