އާލިއާ އުފަންދުވަސް ފާހަގަ ކުރަން ރާއްޖޭގައި

އާލިއާ އުފަންދުވަސް ފާހަގަ ކުރަން ރާއްޖޭގައި

Author
ފާތިމަތު ނާވީ
16 މާރޗް 2022 09:46
0

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް އޭނާގެ 29 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ރާއްޖެ އަތުވެއްޖެއެވެ.

އާދިއްތަ ދުވަހު އާލިއާ ރާއްޖެއަށް އައިސްފައިވަނީ އޭނާގެ އާއިލާއާ އެކުގައެވެ. މި ދަތުރުގައި ލޯބިވެރިޔާ ރަންބީރު ކަޕޫރު ބައިވެރިއެއް ނުވެއެވެ. އާލިއާގެ އުފަން ދުވަހަކީ މިމަހުގެ 15 ވީ އަންގާރަ ދުވަހެވެ.

ނަމަވެސް އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް އާލިއާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ނ. އަތޮޅު ވެލާ ޕްރައިވެޓް އައިލެންޑްގެ ފަރާތުން ވިޝްކޮށްފައިވާ ބާތުޑޭ ކާޑެއް ފެނެއެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ އެ ރިސޯޓުގައި ކަމަށެވެ.

 

View this post on Instagram

 

A post shared by Alia Bhatt ????☀️ (@aliaabhatt)

އާލިއާ އާއި ލޯބިވެރިޔާ ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފިލްމް "ބްރަމަސްތުރާ"ގެ ފަސްޓް ލުކް ވެސް ވަނީ އޭނާގެ އުފަންދުވަހާ ދިމާކޮށް ދައްކާލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.