ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބައްޕަ ނިޔާވެއްޖެއެވެ.
ފަޒުލްގެ ބައްޕަ އަބްދުއްރަޝީދު 75އ، މ. ޒޭވަރު (މއ. ހަނީސަކްލް) ނިޔާވެފައިވަނީ މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަބްދުއްރަޝީދު ނިޔާވިއިރު އަނބިކަނބަލަކާއި ތިން ދަރިކަނބަލުން އަދި ހަތަރު ދަރިކަލުން ދުނިޔޭގެ އެބަތިއްބެވިއެވެ.
އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން 20 އަހަރު އަދި އެ އަތޮޅުގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރައްވާފައެވެ.
އަޚު @FaZuLRaShYd ގެ ބައްޕާފުޅު އަވަހާރަވުމާގުޅިގެން އާއިލާއަށް ލިބުނު ފުންހިތާމާގައި ބައިވެރިވެ އިޚުލާސްތެރި ތަޢުޒިޔާ ދަންނަވަން. މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ— Ahmed Shiyam (@Shiyamaldives) March 15, 2022
އަބްދުއްރަޝީދު ނިޔާވުމާއި ގުޅިގެން މަޖިލީހުގެ ގިނަ މެމްބަރުންނާއި، އާންމު ގިނަ ބަޔަކުވެސް ދަނީ ތައުޒިޔާ ދަންނަވަމުންނެވެ.
ކޮމެންޓު ފޮނުވާ