ބާރަށު ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ބާރަށު ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2022 08:59
0

ހއ. ބާރަށް ނެރު ފުންކުރުމާއި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓަށް މޮބިލައިޒް ކޮށްފިއެވެ.

މިމަޝްރޫޢުގެ ދަށުން، ކޮނެވޭ ނެރުގެ ދިގު މިނަކީ 755 މީޓަރު އަދި ފުޅާ މިނަކީ 33 މީޓަރެވެ. މި ނެރުކޮނުމަށް ހަމަޖެހިފައިވަނީ 8 މީޓަރުގެ ފުންމިނަށެވެ. މީގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ބަނދަރު 5.3 މީޓަރަށް ފުންކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 17.12 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.