"ޕޮނިޔިން ސިލްވަން"ގައި އައިޝްވާރިޔާ ފެނިގެންދާގޮތް ދައްކާލައިފި

"ޕޮނިޔިން ސިލްވަން"ގައި އައިޝްވާރިޔާ ފެނިގެންދާގޮތް ދައްކާލައިފި

Author
ފާތިމަތު ނާވީ
04 މާރޗް 2022 07:22
0

ބޮލީވުޑްގެ ރީތި ބަތަލާ އައިޝްވާރިޔާ ރާއީ ގެ ކުރިއަށް އޮތް ފިލްމު "ޕޮނިޔިން ސިލްވަން" ގައި އޭނާ ފެނިގެންދާ ގޮތް ދައްކާލައިފިއެވެ.

މަނީ ރަތުނަމް ޑައިރެކްޓް ކުރާ މި ފިލްމް ގައި އައިޝްވާރިއާ އާއެކުގައި ފެނިގެން ދާނީ ސައުތުގެ މަޝްހޫރު އެކްޓަރ ވިކްރަމެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލަކުން ކާތީ، ތްރިޝާ ކްރިޝްނަން، ޕްރަކާޝް ރާޖް، ޖަޔަރަމް އަދި ޖަޔަމް ރަވީ ފަދަ ތަރިންވެސް ފެނިގެން ދާނެއެވެ.

އަހަރުތަކެއް ފަހުން އައިޝްވާރިޔާ ރައީ ބައްޗަން އެނބުރި ބޮޑު ސްކްރީނަށް އަންނަ ތަމަޅަ ފިލްމު "ޕޮނިޔިން ސެލްވަން" ނުވަތަ "ޕީއެސް 1″ ގެ ފަސްޓް ލުކް ޕޯސްޓަރުތައް އިއްޔެ އާންމުކުރި އިރު، ފިލްމު ނެރެން ނިންމާފައި ވަނީ މިއަހަރުގެ ސެމްޓެމްބަރު މަހުގެ 30 ގައެވެ.

އައިޝްވާރިޔާގެ ޑަބަލް ރޯލެއް ފެނިގެންދާ މި ފިލްމަކީ 2016 ގައި ރިލީޒްކުރި "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު، ކުރީގެ ރީތީގެ ރާނީ ފެނިގެންދާ ފުރަތަމަ ފިލްމެވެ. ރަތުނަމްގެ އާ ފިލްމުން އައިޝްވާރިޔާ ފެނިގެންދާއިރު، ފިލްމީ ދާއިރާ އަށް އޭނާ ނުކުތީވެސް މަނީ ރަތުނަމްގެ ފިލްމަކުންނެވެ. އެއީ 1997 ގެ "އިރުވަރ" އެވެ.

ޓެގް ލައިނެއްގެ ގޮތުގައި "ބިގިނިން އޮފް ދަ ގޯލްޑެން އީރާ" ހިމަނާފައިވާ "ޕޮނިޔިން ސެލްވަން" ޕްރޮޑިއުސް ކުރަނީ ރަތުނަމްގެ މެޑްރާސް ޓޯކީޒް އާއި ލައިކާ ޕްރޮޑަކްޝަން ގުޅިގެންނެވެ.

"ޕޮނިޔިން ސެލްވަން" އަކީ ލިޔުންތެރިޔާ ކަލްކީ ކްރިޝްނަމުރުތީ، އެ ނަމުގައި 1950 ގައި ގެނެސްދިން ތާރީހީ ވާހަކަ އަކަށް ހަދާ ފިލްމެކެވެ. މީގައި އިންޑިއާގެ ތާރީހުގެ މުހިއްމު ސޮފުތާކެއް ކިޔައިދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.